ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ އާ ގަވައިދުގެ ދަށުން ވީހާވެސް އަވަހަކަށް ރެޖިސްޓަރީވުމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކަށް އިލްތިމާސްކޮށްފި އެވެ.
އެމްއެމްއޭއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ވީހައިވެސް އަވަހަކަށް އާ ގަވާއިދުގެ ދަށުން ރެޖިސްޓަރީވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އާ ގަވާއިދުގެ ދަށުން ރެޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް އެމްއެމްއޭގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓަތީ ވެވޭނެ އެވެ. އެމްއެމްއޭގައި ރެޖިސްޓަރީ ވުމުގެ އެންމެ ފަހު ދުވަހަކީ އޮކްޓޫބަރު 30 އެވެ.
މިމަހުގެ އެއްވަނަ ދުވަހު އެމްއެމްއޭއިން އިއުލާނު ކުރި ގަވާއިދުގައި ވާގޮތުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަން ވާނީ ދިވެހި ރުފިޔާއިންނެވެ. މިހެން ނަމަވެސް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކަށް ގިނަ އިސްތިސްނާތަކެއް އެ ގަވާއިދުގެ ތެރެއިން ލިބިފައިވެ އެވެ.
އޭގެ އިތުރުން އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ހުރިހާ ފައިސާއެއް ޖަމާކުރުމަށާއި އެ އިދާރާއަށް ރިޕޯޓުކުރަން ވެސް ހަމަތަކެއް ކަނޑައަޅާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ތަފުސީލުތައް އެ އޮތޯރިޓީއަށް ހުށަހެޅުމާއި ކަނޑައެޅިފައިވާ މުއްދަތުގެ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރުން ނުވަތަ ޓްރާންސްފާ ކުރުމެވެ. މިގޮތުން ގިނަވެގެން ލިބެނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.
ހުރިހާ ފައިސާއެއް ބޭންކުތަކަށް ޖަމާކުރަން މަޖުބޫރުކޮށްފައިވާއިރު، މާރުކުރަން ޖެހެނީ ވަކި އަދަދެކެވެ. އެއީ ޓޫރިސްޓުން ރިސޯޓުތަކާއި އިންޓެގްރޭޓަޑް ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކާއި ހޮޓާތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުތަކާއި އެ ނޫން ވެސް އެ ފަދަ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރެވެ. މި ރޭޓުގައި ކޮންމެ މަހެއްގައި އަންނަ ޓުރިސްޓުންނަށް ޖެހޭ އަދަދު ބޭންކުން މާރުކުރަން މަޖުބޫރެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަނުން މާރުކުރަން ޖެހެނީ ޓޫރިސްޓަކަށް 25 ޑޮލަރު ރޭޓުންނެވެ.
މިގޮތަށް މަޖުބޫރުކޮށްފައި އޮތަސް، ބޭރު ފައިސާއިން ޓެކްސް ދެއްކުމަށާއި ލޯނުތައް އަދާކުރުމަށާއި ނޫނީ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމެއްގެ ދަށުން ބޭރު ފައިސާ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެމްއެމްއޭއަށް ހުށަހަޅައިގެން މާރުކުރުމުގެ އިސްތިސްނާއެއް ހޯދެ އެވެ.
މެލޭޝިއާއާއެކު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި
ހޫތީންގެ ހަމަލާތައް ތާއިފް ހިމެނޭހެން ސައުދީގެ ތިން ސިޓީއަކަށް
ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުމަށް ޕެޓްރޮނާސްއާއެކު މަޝްވަރާކުރަނީ
ރާއްޖޭން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދެނީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝަމްހީދު ވާދަކުރައްވަނީ
ޕީއެންސީގެ ނައިބު ރައީސް ކަމަށް ރައީސް މުއިއްޒުގެ ވަކި ޓީމެއް!
ގައުމާއި ޕާޓީގެ މަސްލަހަތު އިސްކުރަން ރައީސް ގޮވާލައްވައިފި
ޕީއެންސީގެ މެންބަރުންގެ އަދަދު 80،000އަށް އަރައިފި: ރައީސް
ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ހަމަ ނިދި ނުލިބޭނަމަ ކެންސަރަށް މަގުފަހި ވޭތަ؟
ފިރިހެނުންނަށް: ރޭގަނޑު ގިނައިން ކުޑަކަމުދާން ހޭލެވޭނަމަ ސަމާލުވޭ
ބޮޑެތި ނަންތައް ފަހަތަށް ޖައްސާލައި ޓޮމް ހޮލޭންޑް ކުރިއަށް!
ޑަކޯޓާ ޖޯންސަންއާއި އެމްޖީކޭ ލޯބީގެ ގޮތުން ގުޅުނީތަ؟
އުމުރުން 41 އަހަރުގައި މަހީރާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
ވަޅީގެ ހަމަލާއިން އަދިވެސް އަރައިނުގަނެވޭ ކަމަށް ސައިފް ބުނެފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގެންފި
މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ދޭން ގިނަ ބަޔަކު ގެންނަނީ
ރިސޯޓުތަކުން މާރުކުރަންޖެހޭ އަދަދަށް ބަދަލެއް ނުގެންނާނެ: އުޝާމް
ތޮލާލް އާއި ހަބީބު މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހަށް
އަގު ބޮޑެތި ތަކެތި ވަގަށް ނެގި ދެ މީހަކު މާމެންދޫން ހައްޔަރު