1. އަބަދުވެސް މޮޑެލް ކުރަން ބޭނުންވިތަ؟
ޖަވާބު: ކުޑައިރު މަންމަ އާއި އާންޓްސް މޮޑެލް ކުރާތަން ފެނުން ފަހުން މޮޑެލް ކުރާ ހިތްވީ.
2. އެންމެ ފަހުން ކުރި ޝޫޓްގެ އެކްސްޕީރިއަންސަކީ ކޮބާ؟
ޖަވާބު: ވަރަށް މަޖާ. ޑްރެސް އަޕް ކުރާ ހިތްވޭ. އެންޑް ގެޓިންގް މައި މޭކަޕް ޑަން. އެއީ ޝޫޓްގެ އެންމެ ބެސްޓް ޕާޓް.
3. މޮޑެލިންގް އަކީ ވަރަށް ފަން ކަމެކޭ ބުނާނަންތަ؟
ޖަވާބު: ޔެސް. ޑިޕެންޑްވާނެ އެ ޝޫޓެއްގެ ގޮތުން. އަދި ގޯސް އެކްޕީރިއަންސްއެއް ނުކުރެވޭ.
4. މޮޑެލިންގްގަ އެންމެ ޗެލެންޖިންގ ކަމަކީ ކޮބާ؟
ޖަވާބު: އެހެން މީހުންގެ ނެގެޓިވިޓީ. އެއީ ހަމައެކަނީ ޗެލެންޖިންގް ކަމަކީ.
5. އަބަދުވެސް ރިކޮމެންޑް ކުރާނެ ޕާފިއުމްއެއް އެބައިންތަ؟
ޖަވާބު: މައި ސިގްނޭޗާ ޕާފިއުމް. ބާބެރީ ގޮޑެސް. ސިގްނޭޗާ ޕާފިއުމްއެއް ގެންގުޅުމަކީ ސަޅި ކަމެއް. އޭރުން އޭގެ ވަސް ދުވީމަ އެހެން މީހުން ވެސް ހަނދާންވާނެ. ދެން ލޭޔާ ކުރަނީ ސްޕާ ސެލޯންގެ ކޮކޮނަޓް ބޮޑީ ބަޓާ. ވަރަށް ޑިވައިން ވަހެއް ހުރޭ އެކީގައި.
6. އަސްލު ލައިކް ނުވި ޕްރޮޑަކްޓެއް ދުވަހަކު ވެސް ޕްރޮމޯޓް ކުރަން ޖެހުނުތަ؟
ޖަވާބު: އެއްފަހަރު. އޭގެ ފަހުން ލައިކް ނުވާ އެއްޗެއް ޕްރޮމޯޓް ކުރަން އެއްބަހެއް ނުވަން.
7. ކޮން ކަހަލަ ޕްރޮޑަކްޓެއް ބޮޑަށް ޕްރޮމޯޓް ކުރާ ހިތްވަނީ؟
ޖަވާބު: ސްކިން ކެއާ، ހެދުން އަދި މޭކަޕް
8. ކޮބާ ޒޯއީގެ ޑްރީމް ޓްރެވަލް ޑެސްޓިނޭޝަން އަކީ؟
ޖަވާބު: އެހެން ބުނާކަށް ނޭނގޭ ވަކި ތަނެއް. ވަރަށް ސޮޕިން ކަމުދޭ. ދެން ރީތި ތަންތަނުގައި ފޮޓޯ ނަގާ ހިތްވޭ. މިސާލަށް ބެންކޮކް މެލޭ ކަހަލަ ތަންތަން ރަނގަޅުވާނެ ޝޮޕިންއަށް، ދެން ބާލީ އަދި ތުރުކީ ރަނގަޅުވާނެ ޓު ޖަސްޓް އެންޖޯއި ދަ ބިއުޓިފުލް ވިއުސް.
9. އެއްވެސް ވަރަކަށް ނެގެޓިވް ކޮމެންޓްސް އާދޭތަ؟
ޖަވާބު: ޔެސް. ވަރަށް ގިނައިން. އޭގެން އެފެކްޓް ނުކުރޭތޯ މަސައްކަތް ކުރަން. އޭރު 17 އަހަރުގައި ލިބޭ ވަރަށް ވުރެ މަދު މިހާރު. މިހާރު ހުންނަނީ ހޭނިފަ، އެހެން މީހުންގެ އޮޕީނިއަންއަކުން އެހާ އަަސަރެއް ނުކުރޭ.
10. ކުރިއަށް ދާން ބޭނުންވަނީ ކޮން ދާއިރާއަކުން؟
ޖަވާބު: ވަރަށް ފަހުން އެނގުނު އެއްޗެއް އެއީ ވަޒީފާއަކަށް ދާން ބޭނުން ނުވާކަން. ބޭނުންވަނީ އަމިއްލަ ވިޔަފާރިއެއް ފަށަން. އެއީ ހުވަފެނަކީ. މިހާރު މިދަނީ ބެޗްލާ އޮފް ބިޒްނަސް މެނޭޖްމެންޓް ޑިގްރީގެ ދެވަނަ އަހަރު ކިޔަވަމުން. ފުރަތަަމަ އަހަރު ނިމި ޑިޕްލޮމާ ލިބިއްޖެ.