1. މޭކަޕް ކޮށްދޭން ދަސްކުރީ ކިހިނެތް؟
ޖަވާބު: މޭކަޕް ކުރަން ދަސްކުރީ އަމިއްލައަށް، ސްކޫލްގައި އުޅުނު އިރުވެސް ވަރަށް މޭކަޕް ކުރާ ހިތްވޭ. އެހެންވެ ޔޫޓިއުބް ވީޑިއޯ ބަލައިގެން މޭކަޕް ކުރަން ދަސްކުރީ. ދެން ގޭގަ ދައްތަމެން އޯ އާންޓްސްގެ މޭކަޕް އެ ގޮތަށް ކުރަން ބައެއް ފަހަރު ފޯ އޮކޭޝަންސް. އެ ގޮތަށް މޭކަޕް ކުރަމުން ފްރީލާންސް މޭކަޕް އާޓިސްޓެއް ގޮތަށް ވޯކް ކުރަން ފެށީ. އޭރު އަޅުގަނޑު އުމުރުން 17 އަހަރު.
2. މިހާރު މަސައްކަތް ކުރަނީ މޭކަޕް އާޓިސްޓްއެއް ގޮތުގައި ދޯ. އެކްސްޕީރިއަންސް ކިހިނެތް؟
ޖަވާބު: މިހާރު އަޅުގަނޑުގެ ވަޒީފާގެ އިތުރުން ޕާޓް ޓައިމްކޮށް މޭކަޕް އާޓިސްޓެއް ގޮތުގައި މަސައްކަތް ކުރަނީ. ވެޑިންސް ސީޒަންގައި ބައިވަރު ބްރައިޑްސް އަދި ބްރައިޑްމެއިޑް މޭކަޕް އޮފާސް އަޅުގަނޑަށް ލިބޭ. އަދި ކައިރި ރަށްރަށަށް ގޮސް ވެޑިން މޭކަޕް ކުރުމުގެ ފުރުސަތު ވެސް އަޅުގަނޑަށް ލިބޭ. ވެޑިން މޭކަޕްގެ އިތުރުން، ގްރެޖުއޭޝަން މޭކަޕް އަދި މެޓާނިޓީ ފޮޓޯ ޝޫޓް މޭކަޕް ވެސް އަޅުގަނޑު ކޮށްދެން.
3. އެންމެ ފުރަތަމަ ކޮން ބަޔަކާ އެއްކޮށް ކޮލާބޮރޭޓް ކުރަން ލިބުނީ؟
ޖަވާބު: ފުރަތަމަ ކޮލާބޮރޭޓް ކުރަން ލިބުނީ ކޯމަސް ބިއުޓީ ކިޔާ ލޯކަލް ބްރޭންޑަކާ އެއްކޮށް. އެ ބްރޭންޑްގެ ދެ އައިޝެޑޯ ޕެލެޓް އަދި އެއް ހައިލައިޓާ ޕެލެޓް އަޅުގަނޑަށް ފޮނުވި. ލޯކަލް ސްމޯލް ބްރޭންޑެއް ކަމުގައި ވިޔަސް ކޯމަސް ބިއުޓީގެ މޭކަޕް ޕްރޮޑަކްޓްސްގެ ކޮލެޓީ ވަރަށް ރަނގަޅު. އަދި ލޯކަލް ބްރޭންޑަކަށް ސަޕޯޓް ކުރަން ބޭނުންވާތީ އަޅުގަނޑު ވަރަށް ބައިވަރު ވީޑިއޯ ހެދިން.
4. މޭކަޕް އާޓިސްޓްއެއްގެ ގޮތުގައި ވޯކްކުރާއިރު، އޭރު ސްޓާޓް ކުރިއިރު ދިމާވި ޗެލެންޖެސް އާ މިހާރު ހުރި ޗެލެންޖެސް އާ ތަފާތު ތަ؟
ޖަވާބު: ވަރަށް ބޮޑަށް ތަފާތު. ކުރިން ބުނި ފަދައިން އަޅުގަނޑު މޭކަޕް ސްޓާޓްކުރި އިރު އުމުރުން އެންމެ 17 އަހަރު. އެހެންވެ އޭރު އެންމެ ބޮޑު ޗެލެންޖަކީ ފައިނެންޝަލް ޗެލެންޖެސް. ރަނގަޅު ކޮލެޓީގެ މޭކަޕް ޕްރޮޑަކްޓްސް އާންމުކޮށް ވަރަށް އަގުބޮޑުވާނެ. އޭރު އަޅުގަނޑު ވަޒީފާއެއްގައި ނޫޅޭތީ ބޭނުންވާ ޕްރޮޑަކްޓްސް ހޯދަން ވަރަށް ދަތިވި. މި ވަގުތު ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ މޭކަޕް ކުރާނެ އަމިއްލަ ތަނެއް ނެތުން. މޭކަޕް ކުރަން އަޅުގަނޑު އަބަދުވެސް ދަނީ ކްލައެންޓްގެ ގެއަށް. ނޫނީ ގެސްޓް ހައުސްތަކަށް. ހުރިހާ މޭކަޕް ސާމާނު ހިފައިގެން މި ގޮތަށް ދަތުރުކުރަން ވަރަށް ދަތިވޭ. އެހެންވެ މިހާރު އަޅުގަނޑުގެ ގޯލަކީ މޭކަޕް ކުރަން އަދި އެހެނިހެން ބިއުޓީ ޓްރީޓްމެންޓް ދޭނެ ހާއްސަ ތަނެއް ހެދުން.
5. ލީނާގެ ފޭވަރިޓް ކޮލާބޮރޭޝަން އަކީ ކޮބާ މިހާތަނަށް؟
ޖަވާބު: މިހާ ތަނަށް އަޅުގަނޑު ކޮލާބޮރޭޝަން ހެދު ހުރިހާ ބްރޭންޑްސް އެއްވެސް ވަރަށް އެޕްރީޝިއޭޓް ކުރި އަޅުގަނޑުގެ ވޯކް. އޭގެ ތެރެއިން އަޅުގަނޑުގެ ފޭވަރިޓް އަކީ އަނާ ބިއުޓީ. ލޯކަލް ބްރޭންޑަކަށް ވެފައި އެކި ކަހަލަ ބައިވަރު ޕްރޮޑަކްޓްސް މި ބްރޭންޑް އިން ލިބެން ހުރޭ. އަދި ބްރޭންޑިންގް އަދި ފޯމިއުލާ ވެސް ވަރަށް ހައި ކޮލެޓީ. މިހެންވެ އަޅުގަނޑުގެ އެންމެ ފޭވަރިޓް ކޮލޭބޮރޭޝަނަށް ވީ.
6. ބޭނުން ކުރާ ޕްރޮޑަކްޓްސް ތެރެއިން އަބަދުވެސް ރިކޮމެންޑް ކުރާނެ 3 ޕްރޮޑަކްޓެއް އެބައިންތަ؟
ޖަވާބު: އަޅުގަނޑު ވަރަށް ބައިވަރު ބިއުޓީ ބްރޭންޑްސްގެ މޭކަޕް ކުރަން. އަބަދުވެސް ރިކޮމެންޑް ކުރާނެ 3 ޕްރޮޑަކްޓަކީ މެކްގެ އެކްސްޓްރީމް ޑައިމެންޝަން ވޯޓާ ޕްރޫޕް މަސްކާރާ، ލޮރެއަލް އިންފަލިބަލް ފްރެޝް ވެއާ ފައުންޑޭޝަންް އަދި ފެންޑީ ބިއުޓީގެ ގްލޮސް ބޮންބް. މި 3 ޕްރޮޑަކްޓަކީ އަޅުގަނޑު ޑެއިލީ ބޭނުންކުރާ 3 ޕްރޮޑަކްޓް.
7. ކިހާ ފްރީކުއަންޓްކޮށް ކޮންޓެންޓް ޝޫޓް ކުރަނީ؟ ވަރަށް ވަގުތު ދޭތަ؟
ޖަވާބު: އަޅުގަނޑު އަބަދުވެސް ޓްރައިކުރަނީ އެޓްލީސްޓް ވީކްލީ ކޮންޓެންޓް ޝޫޓް ކުރެވޭތޯ. އެކަމު ބައެއް ފަަހަރު އެކި ކަންކަމުގައި ބިޒީވެގެން ޝޫޓް ނުކުރެވޭ. އެހެންވެ ސޭމް ޑޭ ބައިވަރު ވީޑިއޯ ޝޫޓް ކުރަން. ދެން ވީކްގެ އެކި ދުވަސްތަކުގައި މި ވީޑިއޯސް އަޕްލޯޑްކުރަނީ. އަސްލު ކޮންޓެންޓް ޝޫޓްކޮށް އެޑިޓް ކުރުމަކީ ވަރަށް ވަގުތު ދާ ކަމެއް.
8. ލީނާގެ ޑްރީމް ކޮލާބޮރޭޝަން އަކީ ކޮބާ؟
ޖަވާބު: ނަދާ. ރާއްޖޭގައި އަންހެން އަންޓްރަޕްރޮނާސް ވަރަށް މަދު. ހާއްސަކޮށް ބިއުޓީ އިންޑަސްޓްރީގައި. އެކަމު ނަދާ ވަރަށް ބައިވަރު ބިއުޓީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފް ކޮށްދިން. އެހެންވެ އަޅުގަނޑުގެ ޑްރީމް ކޮލާބޮރޭޝަން އަކީ ނަދާ ސެލޫންއާ އެއްކޮށް ކުރާ ކޮލާބޮރޭޝަންްއެއް.
9. ބިއުޓީ ޓްރީޓްމެންޓްސް ތެރެއިން ދުވަހަކު ވެސް ޓްރައި ނުކުރާނެ ޓްރީޓްމެންޓެއް އެބައިންތަ؟
ޖަވާބު: މިހާތަނަށް އައިއިރު ބިއުޓީ އެއްވެސް ޓްރީޓްމެންޓްއެއް ޓްރައި ނުކުރެވޭ. އެންމެ ޓްރައި ކުރާ ހިތްވަނީ ހައިޑްރާފޭޝަލް އަދި މައިކްރޯ ނީޑްލިންގް. ދުވަހަކުވެސް ޓްރައި ނުކުރާނެ ޓްރީޓްމެންޓްއަކީ ލިޕް ފިލާސް.
10. ކޮންޓެންޓް ކްރިއޭޓަރެއް ގޮތުގައި ކުރިއަށް ދާން ބޭނުމީ؟ ނޫނީ މޭކަޕް އާޓިސްޓެއް ގޮތުގަތަ؟
ޖަވާބު: ބިއުޓީ ރިލޭޓެޑް އެކި ކަހަލަ ކޮންޓެންޓް ކްރިއޭޓް ކުރަން އަޅުގަނޑު ބޭނުމީ. މޭކަޕް ވީޑިއޯސްގެ އިތުރުން ސްކިން ކެއާ، ހިޖާބީ ފެޝަން އަދި ލައިފް ސްޓައިލް ރިލޭޓެޑް ވީޑިއޯ ވެސް އަޅުގަނޑު އަޕްލޯޑްކުރަން. ޓިކްޓޮކް އަދި އިންސްޓަގްރާމް ރީލްސްގަ އެންމެ ބައިވަރު ވިއުސް އަދި ލައިކް ލިބެނީ ސްކިން ކެއާ ވީޑިއޯސްއަށް.