ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ކ. ގުޅިފަޅު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސަރުކާރުން މިގޮތަށް ނިންމިއިރު، އެތަން މިހާރު އޮންނަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގަ އެވެ.
އެފްޑީސީން ބުނީ ގުޅިފަޅު އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ލިޔެކިޔުންތައް ބަދަލުކުރުމާއި މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ގުޅިފަޅާ ގުޅޭގޮތުން ހަދާފައި ހުރި އެގްރިމަންޓުތައް ރިވިއުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް އެފްޑީސީން ބުނެ އެވެ.
އެފްޑީސީގެ ބެލުމުގެ ދަށަށް ގުޅިފަޅު ބަދަލުކުރަން ނިންމާފައިވާއިރު، ކެބިނެޓުން ވަނީ އެފްޑީސީއަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމައިފަ އެވެ. މިއާއެކު ސަރުކާރުގެ ހުރިހާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެފްޑީސީގެ ތެރެއިން ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ކުރީ ސަރުކާރުން ހިއްކަން ފެށި ގުޅީފަޅުގެ ބިމުގެ ބޮޑު ބައެއް ވަނީ ބޯހިޔާވަހިކަމަށް ހާއްސަކޮށްފަ އެވެ. އަދި ބިންވެރިޔާ ސްކީމްގެ ގިނަ ބިންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅިފަޅުންނެވެ.
 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
			މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					