އުތުރުތިލަފަޅުގެ މައްސަލަ ހޫނުވެފައި ވަނިކޮށް، ކުއްލިގޮތަކަށް އެމްއެންޑީއެފްގެ ކުރީގެ އިސް އޮފިސަރުންނާ އެމްއެންޑީއެފް ލީޑާޝިޕުން މިއަދު ބައްދަލުކޮށްފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްގީއަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓް އަދި ޕްލޭންތަކާ ބެހޭގޮތުން ވަނީ ޕްރެޒެންޓޭޝަނެއް ދެއްކި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންނަށް ގާއިމްވެ ތިބެވޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ އެގްރީމެންޓެއްގެ ޑްރާފްޓް ކޮޕީއެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދާދިފަހުން ލީކްކޮށްފަ އެވެ.
އުމަރު ވިދާޅުވީ އެއީ އެކުލަވާލީ ޑްރާފްޓެއް ކަމަށާއި ސޮއިކުރި އެއްބަސްވުމުގައި ވެސް އޭގައި ހުރި ގިނަ ކަންތައްތައް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވެފައި ވަނީ އެއީ ލިބިފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ބަޔަކު ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށެވެ. އެކަމަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ އެއީ އެގްރީމެންޓް ޑްރާފްޓްގެ ސްކޭން ކޮޕީއެއް ކަމަށެވެ.
އެއީ ފޭކް ލިޔުމެއްނަމަ އެކަމާ ގުޅިގެން އެމްއެންޑީއެފް އިން މާ ބޮޑަށް ކަންބޮޑުވެ ހާސްވާންވަނީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެ މައްސަލަ ހޫނުވުމުން އެމްއެންޑީއެފް އިން ބުނީ އުތުރުތިލަފަޅު އެއްބަސްވުމަކީ ސަރުކާރުން ބޭނުން ކޮންމެ ވަގުތަކު ވެސް އުވާލެވޭނެ ބައްދަލުވުމެއް ކަމަށެވެ.
އެމް. އެން. ޑީ. އެފް ގެ އިސްއޮފްސަރުން ތިޔަވަނީބާނާ އެއްލާލާފައި ތިޔަތެޅެނީ މަރަށް ދެންލަލަލާ