ސަރުކާރުގެ ތިން މިނިސްޓްރީއެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސީޕީ ޝުޖާއު މިހެން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ޝުޖާއު ވިދާޅުވީ އެ ހާދިސާގެ ތަހުގީގު ފުލުހުން ކުރާނެކަމަށާއި އަދި އެ ތަހުގީގުގައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.
އެގޮތުން ކުރިއަށް މި އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބޭރުގެ ޓީމުން އިންވެސްޓިގޭޝަން ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުންނަށް ހަވާލު ކޮށްފައިވާ ކަމަށާއި ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނައިރު ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ހާދިސާއާ ގުޅިގެން މައުލޫމާތު އެއްކުރަމުން ދާކަމަށާއި އެގޮތުން ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް ސީޕީ ވަނީ އެދިވަޑައިގެންފަ އެވެ.
ބުރާސްފަތި ދުވަހު ހެނދުނު ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފަ އެވެ. މި ހާދިސާގައި ތިން އިދާރާގެ މުހިއްމު ލިޔެކިޔުންތައް ގެއްލި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެ
އެއްޓީމު މަދު. ތިޔަ އުޅެނީ އެކަމުން ވެސް ނާޖާއިޒު ފައިދާ ނަގަން. މިތާ އުޅޭ ޕޮލިހުންނަށް ތަޙްޤީޤް ކުރަން ނޭގެނީތަ؟
ރިޕްލައިތިޔަކަމުން ބޮޑު ޚަރަދެއް ހިނގާނެ. ވާނެ އެއްވެސްކަމެއް ނޯންނާނެ. ތިޔައީ މިފަޤީރު ދަނޑިވަޅުގައި ކުރުން އެހައި ރަނގަޅުކަމެއް ނޫން
ރިޕްލައި