ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާއާއި އޭނާގެ ފިރިމީހާ ޒަހީރު އިގުބާލް އާ އަހަރު ފާހަގަކުރި ގޮތަށް އާއްމުންގެ ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި ސޮނާކްޝީ ވަނީ ޒަހީރުއާއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް އާ އަހަރުގެ ތަހުނިޔާ ކިޔާފަ އެވެ.
އެ ފޮޓޯގައި ފެންނަނީ ސޮނާކްޝީއާއި ޒަހީރު ފޮޓޯއަކަށް ހުއްޓިގެން ހުންނައިރު ފަހަތުން ހަވާ އެރުވުމުގެ ކުޅިވަރުތަކެއް ކުރިއަށްދާ މަންޒަރެވެ. އެހެން ނަމަވެސް އެ ޕޯސްޓާއެކު އާއްމުންގެ ގިނަ ބަޔަކު އަންނަނީ ސޮނާކްޝީއަކީ "ދެފުށް ދެގޮތް" މީހެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
އެ މީހުން ފާހަގަކުރާ ގޮތުގައި ހިންދޫންގެ އީދެއް ކަމަށްވާ ދިވާލީގައި ހަވާ އެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތައް ނުކުޅުމަށް ބުނުމަށްފަހު އާ އަހަރުގައި އެފަދަ ކުޅިވަރުތަކުގައި ބައިވެރިވުމަކީ ދެފުށް ދެގޮތް ކަމެއް ކަމަށެވެ.
މީގެ ކުރިން ސޮނާކްޝީ ވަނީ ދިވާލީގައި ބަޑިބޭސް ބޭނުން ކުރުމަކީ ވައި ނުސާފުވެ ތިމާވެށްޓަށް ގެއްލުން ދެނިވި ކަމެއް ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން މިހާރު އަންނަނީ ސޮނާކްޝީ އެ ބީދައިން ވާހަކަ ދައްކާފައިވާ ޕޯސްޓާއި އެންމެ ފަހުން ކުރި ޕޯސްޓު އެއްކޮށްގެން މީމްތައް ހަދަމުންނެވެ.
ހދ. އަތޮޅު ބޯޑަށް ހުރަސްއެޅުން އެމްޑީޕީން ކުށްވެރިކޮށްފި
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ލޯނެއް