މާލޭގައި ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު ވެއްޖެ އެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލޭ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 156 ގަ އެވެ. އެއީ ސިއްހަތަށް ގެއްލުންވާ މިންވަރެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.
މާލެއަށް ވައި ނުސާފުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށާއި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު މަދުކުރުމަށް އެޗްޕީއޭއިން އެދެ އެވެ.
ރާއްޖޭގައި މިހާރަކަށް އައިސް ވައި ނުސާފުވަނީ އުތުރު އިންޑިއާގެ ސަރަހައްދުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. ވައި ނުސާފުވުމަކީ އިންޑިއާގައި ވަރަށް ބޮޑު މައްސަލަ އެކެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!