ފީފާގެ ކުރީގެ ރައީސް ޖޯސެޕް ބްލެެޓާ އަށް އިތުރު ހަ އަހަރަށް ސަސްޕެންޑްކޮޮށްފި އެވެ.

ފީފާ އިން ބުނީ ފީފާގެ އެތިކްސް ކޯޑާ ހިލާފުވުމުގެ ސަަބަބުން ހަ އަހަރަށް ބްލެޓާ ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ސަސްޕެންޝަނަށް އަމަލުކުރަން ފަށާނީ މިހާރު ބްލެޓާގެ މައްޗަށް ކަނޑައަޅާފައިވާ ސަސްޕެންޝަން މި އަހަރުގެ އޮކްޓޯބަރު މަހު ނިމުމުން ކަމަށެވެ.

ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ވެސް ވަނީ އިތުރު ހަ އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.

ފީފާ އިން ބުނީ ބްލެޓާ އާއި ވަލްކޭ އަށް އަދަބު ދިނީ ފީފާގެ އިސް ފަރާތްތަކަށް ބޯނަސް ފައިސާ ދިނުމާއި ފީފާގެ ބައެއް މުވައްޒަފުންގެ ކޮންޓުރެކްޓްތަކާ ގުޅޭ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

ބްލެޓާ އާއި ވަލްކޭ ވަނީ 780،000 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ.

ފީފާގެ އެތިކްސްއާ ހިލާފުވެގެން، ބްލެޓާ 2015 ވަނަ އަހަރު ސަސްޕެންޑްކުރީ 8 އަހަރަށެވެ. އެކަމަކު ފީފާ އެޕީލްސް ކޮމެޓީން ވަނީ އެ ސަސްޕެންޝަން ހަ އަހަރަށް ކުޑަކޮށްފަ އެވެ. ވަލްކޭ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ 12 އަހަރަށެވެ. އެކަމަކު އެޕީލްކޮށްގެން 10 އަހަރަށް ވަނީ އަދަބު ލުއިކޮށްފަ އެވެ. – ބީބީސީ