ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއާގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ މިހާރު ކުރިއަށްދާ އައިޓީބީ ފެއާގެ ތެރެއިންނެވެ.
އައިޓީބީ ބާލިން ފަށާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު އެވެ. މި ފެއާ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެ އެވެ.
ފެއަރގެ ތެރެއިން އެހެން ބައެއް ސައިޑް ބައްދަލުވުންތައްވެސް ކުރިއަށްދެ އެވެ. އެގޮތުން ވަޒީރު ވަނީ ސްވިޓްޒަލޭންޑްގެ އެއާލައިނެއް ކަމަށްވާ އެޑްލްވެއިސްއާއެކު ބައްދަލުވުމެއް ބާއްވަވާފަ އެވެ.
މި ބައްދަލުވުމުގައި އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ހާއްސަކޮށް ލޯ ސީޒަންގައި ރާއްޖެއަށް އަންނަ ޓޫރިސްޓުން އަދަދު އިތުރުކޮށް އެއާލައިންގެ ދަތުރުތައް ބޭއްވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އެ އެއާލައިނުން މިހާރު ވެސް ކޮންމެ ހަފްތާއަކު ރާއްޖެއަށް ދަތުރުކުރެ އެވެ.