ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން މިއަދު ގެޒެޓްގައި އާންމުކުރި އިއުލާނެއްގައި ވާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުވުމުގެ ސުންގަޑިއަކީ މި މަހުގެ 22، ގެ މެންދުރު 12:00 އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުވެފައިވައި ވުމާއި، ގާނޫނީ ނުވަތަ އިސްލާމީ ޝަރީއާގެ ރޮގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި ގާނޫނީ ދާއިރާގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ ދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޖޭއެސްސީން ފޮނުވި ރިޕޯޓަކަށް ބިނާކޮށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތަސް އެ ދެ ބޭފުޅުންނަށް އެ ފުރުސަތު ނުދޭން ކޮމިޓީން ނިންމި އެވެ.