ވައިގެެ މަގުން ރާއްޖެއަށް އެތެރެކުރި 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ރޭ އަތުލައިގެންފި އެވެ.
ކަސްޓަމަސްއިން ބުނީ އެ ތަކެތި އަތުލައިގަތީ، ވައިގެ މަގުން ރާއްޖެ އެތެރެކުރި ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން އަށް ވަނީ ޕޮޒިޓިވްވެފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
މި ތަކެތީގެ ބަރުދަނުގައި ޕެކިން އާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާ ކަމަށް ކަސްޓަމްސްއިން ލަފާކުރެވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް އެ މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
