ސްކޫލް ކުއްޖެއްގެ އިނގިލި ބިންދާލި ޓީޗަރެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެއި 26 ވަނަ ދުވަހުގެ ރޭ 10:55 ހާއިރު ތ. ކަނޑޫދޫ ސްކޫލްގެ ދަރިވަރެއްގެ އިނގިލި އެ ސްކޫލްގެ ބިދޭސީ ޓީޗަރެއް ހިފާ އަނބުރާލައި ހުޅުން ނައްޓާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ކުއްޖާއަށް ތ. ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
14 އަހަރަށްފަހު އެރިއާނާގެ ހެއާ ސްޓައިލް ބަދަލު ކޮށްލައިފި
ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ އަނދަނީ
އިންޒާރު: ހޫނުކޮށް ސައި ބުއިމަކީ ކެންސަރަށް މަގުފަހިވާ ކަމެއް!
