މިއަހަރުގެ އަޟްހާ އީދު އައިސް މިއޮތީ ބޯމަތިވެފަ އެވެ. ގިނަ ބަޔަކު އީދުގެ ތައްޔާރީތައް ވަމުން އަންނައިރު އީދު ހެދުން ހޯދުމަކީ ކޮންމެ އީދެއްގެ ސަގާފަތާ އެއްގޮތަށް ދިވެހިން ކުރަމުން އަންނަ ކަމެކެވެ.

މިހާތަނަށް އީދަށް ހެދުމެއް ހޯދިފައި ނެތް ނަމަވެސް ހާސްވާނެ ކަމެއް ނެތެވެ. ރާއްޖޭގައި ހުރި މެންގޯގެ ފިހާރައިން މިފަހަރުގެ އީދަށްވެސް ހާއްސަ އެތައް ހެދުންތަކެއް ލިބެން އެބަހުއްޓެވެ.

1. މެންގޯ ނިއުރޯސާ ފުލް ލެންތު ޑްރެސް

މެންގޯ ނިއުރޯސާ ފުލް ލެންތު ޑްރެސް

ޕީޗް ކުލައިގެ މި ހެދުމަކީ އެ ހެދުމުގައި އީދު ދުވަހުގެ އީދު ނަމާދަށް ދާން ހަމަ ވަރަށް ކަމުދާނެ ހެދުމެކެވެ. ފްލެއާޑް އަތުކުރިއަކާއެކު ފަރުމާކޮށްފައިވާ މި ހެދުން ހުދު ނުވަތަ ކަޅު ކުލައިގެ ހަރުވާޅަކާއެކު ބޭނުން ކުރެވިދާނެ އެވެ.

2. މެންގޯ މަރިއާ ފުލް ލެންތު ޑްރެސް

މެންގޯ މަރިއާ ފުލް ލެންތު ޑްރެސް

މަޑު ސިލްކް ފޮތިން ފަހާފައިވާ މި ހެދުމަކީ ގަޔަށް ދޫކޮށް ފަރުމާ ކޮށްފައިވާ ލައިގެން އުޅެން ވެސް ފަސޭހަ ހެދުމެކެވެ. އީދު ދުވަހުގެ ހަވީރަށް މި ހެދުން ކަމުދާނެ އެވެ.

3. މެންގޯ ޝެޑޯވިން ނީ ލެންތް ޑްރެސް

މެންގޯ ޝެޑޯވިން ނީ ލެންތް ޑްރެސް

އެންމެންނަށް ވެސް ކަމުދާ ކަޅު ކުލައިގެ މި ހެދުމަކީ އީދުގެ މުނާސަބަތަށް ވަރަށް ރީތި ހެދުމެކެވެ. މިއީ ހަށިގަނޑަށް ފަސޭހަ ލުއި ފޮއްޗަކުން ފަރުމާ ކޮށްފައިވާ ހެދުމެކެވެ.