ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން ރޭ އިންޓަވިއުކޮށް ހޯމް މިނިސްޓަރު އަލީ އިހްސާނަށް ފޮނުވައިފި އެވެ.
ފުލުހުންގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި ބޭފުޅަކު އެމަގާމަށް އައްޔަންކުރަން ޖެހެ އެވެ. މިމުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ފުލުހުންގެ އިދާރާ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ އިން ތ އަތޮޅަށް ހުދު އެލާޓް
ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލޭތޯ އަންނަ އަހަރު ޓެސްޓް ކުރަނީ
ރަސްމާލެ ފަރަށް ދޯންޏެއް އަރައި، އެކަކަށް އަނިޔާވެއްޖެ

