ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކޮށްފައި ވަނީ އެޕްރީލް 15، ގަ އެވެ.
އެހެން ބަޔަކާ ގުޅިގެން ސިނާން އިސްލާމިކް ބޭންކުން ނެންގެވި 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލާގައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގއ. ދާންދޫއަށް ނިސްބަތްވާ ޣާލިބް ސަލީމެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
ކޯޓަށް މައްސަލަ ހުށަހެޅިފަހުން ސިނާން ވަނީ އެ ފައިސާ އެކީ އެއްފަހަރާ ދައްކާފަ އެވެ.

ގެއްލިގެން ހޯދި އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ
އެމެރިކާއަށް އެތެރެކުރާ މުދަލުން %10ގެ ޓެރިފެއް ނަގަނީ
ރޯދަ މަލާފަތް: ދިވެހި ދޮން ރިހަ ވަރެއް ނެތް!
