ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް އެ ދާއިރާ ކުރިއެރުމާއި ގުޅޭ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން އޮގަސްޓް 11 ވަނަ ދުވަހު ފާސްކުރި މި ބިލް ރައީސް ތަސްދީގުކުރެއްވީ އިއްޔެ އެވެ.
އިންޓަލެކްޗުއަލް ޕްރޮޕަޓީ ނުވަތަ ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމުގެ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީސް" އުފެދިގެންދާނެ އެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓާނީ، އިޤުތިޞާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ. މި އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އެވެ.
ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި ގާނޫނުގެ ދަށުން ރެޖިސްޓްރާ ނިންމާ ނިންމުންތަކާއި ގުޅިގެން އަމަލުކުރާނެ ގޮތް ވެސް ގާނޫނުގައިވެ އެވެ.
ބަސް މަރުވުމުގެ ކުރިން: ދިވެހި ބަހަށް ދިމާވެފައިވާ ހާލު
16 ނޮމިނޭޝަންއާއެކު "ސިނާސް،އަށް އޮސްކާގެ ރެކޯޑެއް!
ކުރީގެ ލޯބިވެރިޔާއާ އަލުން ގުޅޭނަންތަ؟