ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީ (އެމްކިއުއޭ)އިން އެވިޑް ކޮލެޖަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް އެވިޑު ކޮލެޖުން ބުނެފި އެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތްކުރާ ރެގިއުލޭޓަރީ އިދާރާ، އެމްކިއުއޭއިން އެވިޑް ކޮލެޖާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، އެ ކޮލެޖުން ވަނީ އެމްކިއުއޭގެ ނިންމުންތަކަކީ އެއްވެސް އަސާސެއް ނެތް، އިހްލާސްތެރިކަމެއް ނެތް އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އެވިޑް ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭން ބޭރުގައި ޕްރޮގްރާމުތައް ހިންގުމާ ބެހޭ އުސޫލުގެ ދަށުން އެ ކޮލެޖު ޖޫރިމަނާ ކުރިއިރު، އެމްކިއުއޭއިން މައްސަލައިގެ އެއްވެސް މައުލޫމާތެއް ކޮލެޖާ ހިއްސާކޮށްފައި ނުވާ ކަމަށާއި، ކަން ހިނގި ގޮތާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. މިއީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ ތައުލީމީ މުއައްސަސާތަކާއެކު އެ ކޮލެޖުން ގާއިމުކޮށްފައިވާ އިލްމީ ގުޅުންތަކާއި ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކިލަނބުކޮށްލުމަށް ހިންގާފައިވާ ކަމެއް ކަމަށް ބުނެ އެވިޑުން ވަނީ ދިފާއުގައި ވާހަކަދައްކާފަ އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ގެ ފަހުން ބޭރުގެ އެއްވެސް މުއައްސަސާއެއް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އެ ކޮލެޖުން ވަނީ ދީފަ އެވެ.
ނަމަވެސް އެމްކިއުއޭއިން ބުނާ ގޮތުގައި އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއް މިއަހަރުގެ ކުރީކޮޅު ފާހަގަކުރެވިގެން އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި އެކަން އާންމުކޮށް އިއުލާނު ވެސް ކުރި އެވެ.
އޭގެ ފަހުން ވެސް ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއް އަލުން ތަކުރާރުވެގެން އެ އޮތޯރިޓީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަން އެގޮތަށް ނުކުރުމަށް އެވިޑް ކޮލެޖަށް އެންގުމަށްފަހު، އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ސީދާ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު އެ ކޮލެޖު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.
ރޮނާލްޑޯ ޖޫނިއާ ވޯލްޑް ކަޕް ކުޅޭނީ ކޮން ގައުމަކަށް؟
ބީއެމްއެލް އިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި