ޔުނައިޓަޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ )ގެ ހުރިހާ ޒުވާނުން ވެސް ކޮވިޑް-19ގެ ވެކްސިން ޖެހުމަށް އެ ގައުމުގެ ފެޑަރަލް ޔޫތު އޮތޯރިޓީން ގޮވާލައިފި އެވެ.

އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް ސައީދު އަލް ނަޒާރީ ކުރެއްވި ޓްވީޓެއްގައި ޔޫއޭއީގެ ހުރިހާ ޒުވާނުން ވެސް ވެކްސިން ޖަހާ ކޮވިޑް-19 އާ ދެކޮޅުށް ފަރުދީ ޒިންމާ އަދާ ކުރުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފަ އެވެ.

"ކޮވިޑް 19 ވެކްސިން ޖަހާ އެ ބަލިމަޑުކަމާ ދެކޮޅަށް ސަރުކާރުން ކުރަމުން ދާ މަސައްކަތް ތަކަށް އެއްބާރުލުން ދޭން އެންމެހާ ޒުވާނުންނަށް ގޮވާލަން،" އޭނާގެ ޓްވީޓުގައި ވެ އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ މުޖުތަމައު އޮތް ނާޒުކު ހާލަތު ހުރިހާ ޒުވާނުންނަށްވެސް އެނގެން ޖެހޭ ކަމަށާއި އެ ހާލަތުން އަރައިގަތުމަށް ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު ކަމަށް ބޭނުން ޖެހިފައިވާ ކަމަށެވެ.

ޔޫއޭއީގެ ޒުވާނުން ވަނީ އެ ގައުމުގައި ކޮވިޑް 19 ގެ ހާލަތު ރަނގަޅުކޮށް އިޖުތިމާއީ ހަމަޖެހުން ދެމެހެއްޓުމުގައި ބޮޑު ހިއްސާއެއް އަދާ ކޮށްފަ އެވެ. އެގޮތުން އެ ގައުމުގެ 50،000 އަށްވަރެ ގިނަ ޒުވާނުނު ވޮލަންޓިއަރުންގެ ގޮތުގައި ކޮވިޑްގެ އެކި ކަންކަމުގައި ހަރަކާތްތެރި ވެފައިވެ އެވެ.