އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީގެ ޑިރެކްޓަރު ކަމުގައި ހުންނެވި ބަދުރުއްދީން ހަސަން އަދި އެ ކުންފުނީގެ ޗެއާޕާސަން ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ހަމަޖައްސައިފި އެވެ.

އެސްޑީއެފްސީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރަން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި މިހާރު ހިންގަމުން ދަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގަ އެވެ.

މީގެއިތުރުން ބޯޑުގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަޝިޕްސް، ފާތިމަތު ފަރިހަތު ވަހީދު އެވެ.

އެސްޑީއެފްސީގެ ބޯޑުގައި ހިމެނޭ ބޭފުޅުން

  • މުހައްމަދު ޝަރީފް، މ. އިފާއު، މާލެ
  • ބަދުރުއްދީން ހަސަން، ހިކިފިނިފެންމާގެ، ހދ. ކުޅުދުއްފުށި
  • ފާތިމަތު ފަރިހަތު ވަހީދު، ގ. މާވެހި، މާލެ
  • ފާތިމަތު އަޒުމާ، ނާސަރީ، މިސްކިތްމަގު، ފުވައްމުލައް
  • އަހުސަލް މުހައްމަަދު، ބަށިމާގެ، ހއ. ހޯރަފުށި
  • ފާތިމަތު ޔަމްނާ، އަލިމަސް ވިލާ، ސ. މީދޫ

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އިން ގަތީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.