ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އިދިކޮޅު އެމްޑީޕީގެ މެންބަރުކަމުން ވަކިވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މަހުލޫފް ފޮނުވި ސިޓީގައި ވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ޕާޓީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ނިންމުމާ މެދު އެމްޑީޕީގެ މެންބަރެއްގެ ހިތްހަމަނުޖެހުމެއް ވާނަމަ މައާފަށް އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެނގިފައިވާގޮތުގައި މަހުލޫފަށް ސްޕޯޓްސް މިނިސްޓްރީގެ އިސް މަގާމެއް ދެއްވަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
މަހުލޫފް ސިޔާސީ ހަރަކާތް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދި ޑީއާރްޕީންނެވެ. އެއަށްފަހު އޭނާ ވަނީ ޕީޕީއެމްގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި މަހުލޫފް ވަނީ މީގެކުރިން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
