ޖަރުމަނުވިލާތުގެ މިއުނިކްގައި މިދިޔަ މަހު އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ފިހިގެން, ފަރުވާ ދެމުން ދިޔަ, ދިވެހި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ. އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ. މިއުނިކްގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ބ. ތުޅާދުއަށް ނިސްބަތްވާ ފައްޔާޒް ދާއޫދެވެ.
އެ ހާދިސާގައި ފައްޔާޒްގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ. އަދި ފައިގެ ކުޑަކަޅުވާ ވެސް ވަރަށް ބޮޑަށް ހަލާކުވެ، އޭނާގެ ސިކުނޑިއަށް ވެސް އަސަރުކޮށްފައިވެ އެވެ.
ޖަރުމަނުގެ މީހަކާ އިނދެގެން އުޅޭ ފައްޔާޒަށް އަނިޔާވި އެއްޗެއް ގޮވުމުގެ ހާދިސާ ހިނގިގޮތެއް އަދި ނޭނގެ އެވެ.
އީރާނާއި އެމެރިކާގެ އެއްބަސްވުން ޓްރަމްޕްގެ ހުއްދައަށް ފޮނުވައިފި
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
