ރައީސް މުހައްމަދު މުއިއްޒުގެ ކޮރަޕްޓް ސަރުކާރާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ ފަށައިފި އެވެ.

"ލޫޓޫވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅުތަކުގެ ރަށްރަށުން ގިނަ އަދަދެއްގެ މީހުން މާލެ އައިސްފައިވެ އެވެ.

މުޒާހަރާގައި އެންމެ ފުރަތަމަ ވެސް ވާހަކަދެއްކެވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެވެ. އޭނާ ވިދާޅުވީ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.

"ލޫޓޫވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

"ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައި ވަނީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް. އަދި އެ ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ އަތުގައި ކަމަށް،" އެއްވެ ތިބި އެތައް ހާސް ބަޔަކާ މުހާތަބުކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފްކުރީ އެމްޑީޕީން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް އެ ޕާޓީން ވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ އިސް ބޭފުޅުން ވެސް އެތަނުގައި އެބަތިއްބެވި އެވެ.

"ލޫޓޫވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ޕާޓީގެ ސަޕޯޓަރުން ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

އެއްވުން މިރޭ ނުވައެއް ޖެހިއިރު ފެށުމާ އެކު، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

އެއްވުމާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. މާލޭގެ ހުރިހާ ސަރަހައްދެއްގައި ކަހަލަ ގޮތަކަށް ފުލުހުން މިހާރު އަންނަނީ ޑިއުޓީ އަދާކުރަމުންނެވެ.

މުޅި އާޓިކަލް ލޯޑު ކޮއްލާ...