ފުވައްމުލަކު ސިޓީގެ ހުޅަނގު ދެކުނު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރި މަރިޔަމް އަލީ އިންތިހާބުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިލެކްޝަން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރި ދުވަހު ފުވައްމުލަކުގައި ހިންގާ ކޮމިއުނިޓީ ނޫސްތަކުގައި އެމްޑީީޕީ ކެންޑިޑޭޓް ޒުލޭޚާ އާސިމާ ހޮވުނު ކަމަށް ބުނެ ވަނީ ހަބަރު ގެނެސްދީފަ އެވެ.
މަރިޔަމް އަލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބުވެވަޑައިގަތީ 540 މީހުންގެ ވޯޓުންވެ. އެމްޑީޕީގެ ފަރާތުން ވާދަކުރި އާސިމާއަށް ލިބުނު ވޯޓުގެ އަދަދަކީ 537 އެވެ.
އޮޅުމެއްގެ ތެރެއިން ނަމަވެސް ގެނެވުނު އެ ހަބަރުގެ ސަބަބުން އެމްޑީޕީ ކެންޑިޑޭޓަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔައިފަ އެވެ، އަދި ފުވައްމުލަށް ސިޓީގެ ކައުންސިލް ފޭސްބުކް ޕޭޖުން ވެސް ވަނީ އެމްޑީޕީ ކެންޑިޑޭޓަށް މަރުހަބާ ދަންނަވައިފަ އެވެ. ފަހުން އެ ޕޯސްޓު ވަނީ ޑިލިޓްކޮށްފަ އެވެ.
ތިން ވޯޓު ތަފާތުން ބަލިވި އެމްޑީޕީ ކެނޑިޑޭޓަކީ ރިސޯޓެއްގައި މަސައްކަތް ކުރާ ކަނބަލެއް. ޕީޕީއެމް ކެނޑިޑޭޓް ވޯޓް ހޯދަން ގުޅާފަ ބުނަމުން ދިޔައީ އާސިމާ މިހާރު ނޫޅޭ ނޫންހޭ އެހާ ވަރަކުން.. ކެމްޕޭނެއްވެސް ނުކުރޭ ނޫންހޭ.. ތިމަންނައަށް ވޯޓު ދޭށޭ.. އެކަހަލަ ދޮގުތައް ހަދައިގެން ތިން ވޯޓު އިތުރަށް ހޯދައިގެންވެސް ހޮވުނީތީ މަރުހަބާ
3 ވޯޓުން ހޮވިއްޖެ މަރުހަބާ
މަރުޔަމްއަށް މަރުހަބާ!