އަތޮޅު ކައުންސިލެއްގެ ދަށުން އައްޑޫގައި ސިޓީތަކެއް ހިންގާގޮތަށް ހަމަޖެއްސުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ރައީސް މުހައްމަދު މުއިއްޒުގެ ކިބައިން އެދިއްޖެ އެވެ.

އައިބީ ރައީސް މުއިއްޒަށް ފޮނުވި ސިޓީ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެ ސިޓީގައި އައިބީ ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާ އަކީ އައްޑުއަތޮޅު ކަމަށްވާއިރު، އޭނާއަށް ފެންނަނީ އައްޑޫގައި އަތޮޅު ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށުން ވަކި ވަކި ސިޓީތައް އުފެއްދުމަށެވެ.

އައިބީ ވިދާޅުވީ މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލް ރޫޅާލެވިދާނެ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލް ރޫޅާލައި ހުޅުދޫ އާއި މީދޫގައި ގާއިމްކުރެވޭ ވަކި ކައުންސިލްތައް ހިމަނައިގެން އައްޑުއަތޮޅު އަތޮޅު ކައުންސިލް އުފެއްދުމަކީ ގާނޫނީގޮތުން ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އައީ ރައީސް މުއިއްޒަށް ފޮނުވި ސިޓީ

އިއްޔެ ނެގި ވޯޓުގައި ސިޔާސީ މަގާމްތަކުގައި ތިބި ފޭދުއަށް ނިސްބަތްވާ މީހުން ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ހިންގާފައިވާ ކަމަށް އައިބީ ތުހުމަތު ކުރެއްވި އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދާއި ސިޔާސީ މަގާމްތަކުގައި ތިބި ބައެއް އެހެން ފަރާތްތަކުން ފޭދޫ ސިޓީ ކައުންސިލުން ވަކިނުވާން ބާރު އަޅައި ކެމްޕޭންކުރި ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

އައީ ރައީސް މުއިއްޒަށް ފޮނުވި ސިޓީ

ފޭދޫ ސިޓީ ކައުންސިލުން ވަކިނުވާން ވަކާލާތު ކުރެއްވި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވަކިވާން ބޭނުންވާ ކަމަށް ފަހުން ހާމަކުރެއްވީ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށް އެ ސިޓީގައިވެ އެވެ. އަދި ނިޒާރު ފަހުން އެހެން ވިދާޅުވިޔަސް އޭނާ މަސައްކަތް ކުރައްވާފައި ވަނީ ފޭދޫ ސިޓީ ކައުންސިލުން ވަކިވުމާ ދެކޮޅަށް ކަމަށް ވެސް އައިބީގެ ސިޓީގައިވެ އެވެ.

އައީ ރައީސް މުއިއްޒަށް ފޮނުވި ސިޓީ

މީގެއިތުރުން ބައެއް މީހުންނަށް ވޯޓު ލިޔަނުދިނުމަށް އިދިކޮޅު އެމްޑީޕީން ބައެއް މީހުންގެ އައިޑީކާޑުތައް ނަގާފައިވާ ކަމަށް ވެސް އައިބީ ތުހުމަތު ކުރެއްވި އެވެ.