ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު މަރުވި ސަލްމާ ނަސީރަށް ދޭން ޖެހޭ ހުރިހާ ފަރުވާއެއް ދިންކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސަލްމާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމް ފޮނުވި ސިޓީގެ ޖަވާބުގައި ހެލްތު މިނިސްޓްރީން ބުނީ ސަލްމާގެ ގަޔަށް އަށް ލޭ އެޅުން ލަސްވިކަން ހާމަވާ ކަމަށާއި ހޮސްޕިޓަލުގައި ލޭ ހުރެ ވެސް ވިހޭތާ އެއް ގަޑިއިރު ވީ އިރު ވެސް ލޭ އަޅާފައި ނުވާ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ފޮނުވި ޖަވާބު ސީޓީގައި ބުނެފައިވާ ކަންތަށް ދޮގުކުރައްވައި އޭޑީކޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަލްމާ އެ ހޮސްޕިޓަލަށް ދިޔައީ އާއްމު ހާލަތުގައި ވިހެއުމަށް ދާ އެހެން މީހުންނެކޭ އެއްގޮތަކަށް ކަމަށާއި ވިހެއުމުގެ ކަންކަން ގޮސްފައި ވަނީ ވެސް އެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އާއްމުކޮށް ލޭ އަންނަ ވަރަށް ވުރެ ގިނައިން ލޭ އަންނަކަން ފާހަގަވުމުން ވަގުތުން ސިއްހީ ފަރުވާތައް ފެށި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭ އިން ބުނީ ފަރުވާ ފެށި ނަމަވެސް ލޭ މަނާކުރަން އެފަދަ ހާލަތްތަކުުގައި ދެވޭ ބޭސް އަދި ގައިނަކޮލިޖިކަލް ފަރުވާތައް ހުއްޓުމެއްނެތި ކުރިއަށް ގެންގެންދިޔަ ކަމަށެވެ. ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި، ކުރިއަށް ގެންގޮސް، އަޅަން ބޭނުންކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭ އަޅަން ފަށާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ދޮރުމަތީގައި ބަޔަކު މަޑުކޮށްލައިގެން. ފޮޓޯ: އަބްދުﷲ ޖަމީލު | ހުރިހާ

"އެ ހުރިހާ ކަމެއް ކުރުމުން ވެސް ސަލްމާގެ ހާލަތު އިތުރަށް ދިޔައީ ގޯސްވުމުން ލޭ މަނާކުރުމަށްޓަކައި ސަލްމާގެ ރަހިމު ނެގުމުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައި. އަދި އެއްވެސް އިރެއްގައި ލޭ އެޅުން މެދުކެނޑިފައި ނުވާނެ،" އޭޑީކޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. ހުރިހާ ފަރުވާއެއް ދީގެން ވެސް އޭޑީ ލޭގެ ޕްރެޝާ ނުހިފެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔައީ. ސީޕީއާރު ދިނަސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައި."

އެ ހުރިހާ ކަމެއް ކުރުމުން ވެސް ސަލްމާގެ ހާލަތު އިތުރަށް ދިޔައީ ގޯސްވުމުން ލޭ މަނާކުރުމަށްޓަކައި ސަލްމާގެ ރަހިމު ނެގުމުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައި. އަދި އެއްވެސް އިރެއްގައި ލޭ އެޅުން މެދުކެނޑިފައި ނުވާނެ،
އޭޑީކޭ ހޮސްޕިޓަލް

އިބްރާހިމް އަދުހަމްއަށް ހެލްތުން ފޮނުވި ސިިޓީގައި ބުނެފައިވަނީ މާބަނޑު މީހާގެ ގަޔަށް ލޭ އެޅުމަށް ދެ މީހެއްގެ ކްރޮސްމެޗު ހަދާފައި ވިޔަސް ލޭ ދޭ ޑޮނަރުން ގެންނަން ބުނީ މާ ފަހުން ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބްލަޑް ބޭންކުގައި ލޭ ހުރެ އެ ލޭ ހަމަޖެހުމުން ވެސް ލޭބަ ރޫމްގައި ސަލްމާ އަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ބުނެފައިވެ އެވެ. ލޭ އަޅަން މީހަކު ގެންދަން ބުނީ ވެސް ލޭ މަނާ ނުވެގެން ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.