ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމަނިކުފާނު ވެކްސިން ޖެއްސެވީ މިރޭ އޭޑީކޭ ހޮސްޕިޓަލްގައި ކަަމަށެވެ. ވެކްސިން ޖަހައިނިމުމުން އަނބުރާ ރައީސް ޔާމީން ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ވެސް ވެކްސިން ޖެއްސެވުމަށްޓަކައި ރައީސް ޔާމީން މާލެ ގެންނަން ވެގެން އުޅުނެވެ. އެމަނިކުފާނު ގޮވައިގެން އައި ކަރެކްޝަންސްގެ ލޯންޗު މާލޭ ޖަލު ސަރަހައްދުގައި ގިނަ ވަގުތު އޮތުމަށްފަހު އަނބުރާ ވަނީ މާފުއްޓަށް ގޮސްފަ އެވެ.
އެރޭ ކަރެކްޝަންސް އިން ބުނީ ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން އިންކާރު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ވަނީ އެރޭ ވެކްސިން ނުޖެހުނީ ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަނުޖެއްސިގެން ކަމަށެވެ.
30ގެ އަހަރުތަކުގައި ކަކުލުގެ ރިހުމަށް މެދުވެރިވާ ސަބަބު!
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ދެ މީހަކު ޖަލަށް
ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކި މީހުން ޖަލަށްލުމަށް ހުކުމްކޮށްފި
