ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫގައި ދެމުން އަންނަ ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ކަސްޓަމަރުން އިތުރު ފަސޭހަތަކެއް ހޯދައިދީފި އެވެ.
ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިއަދު ހިތަދޫ ބްރާންޗުގައި އާ ކަސްޓަމާ ސާވިސް ސެންޓަރެއް ހުޅުވައި، މަރަދޫގައި ޑޮލަރު އޭޓީއެމްއެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުދޫގައި އާ ބްރާންޗެއްގެ ބިންގާވެސް ވަނީ އަޅައިފަ އެވެ. މިކަމުން ބޭންކުން ދިވެހި މުޖުތަމައުގެ ބޭނުންތައް ފުރިހަމަކޮށް، އިގްތިސާދީ ކުރިއެރުމަށް އެހީތެރިވުމަށް ދޭ އަހުމިއްޔަތުކަން ހާމަކޮށްދެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކިންގ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން މުހިންމު އަހުމިއްޔަތުކަމެއް ދެމުންދާ ކަމަށެވެ.
"އައްޑޫގައި ޚިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް."
އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގައި ގާއިމުކޮށްފައި ހުންނަ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ބޭންކުން މިހާރުވެސް ވަރަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެ އެވެ. އަދި 11 އޭޓީއެމްގެ ސެލްފް ސާވިސް ބޭންކިންގެ އޭޓީއެމް ސެންޓަރަކާއި، ހިތަދޫގައި ގާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ދެމުން ދާއިރު، ބޭންކުގެ ކޮންޓެކްޓް ސެންޓަރެއްވެސް އައްޑޫގައި ހިންގަ އެވެ.
މީގެ ތެރެއިން މަރަދޫ ފޭދޫގައި ހިންގާ ބޭންކުގެ ބްރާންޗް (ބީއެމްއެލް ގަމު ބްރާންޗް) އަކީ ބޭންކުގެ ތާރީހުގައި ވަރަށް ހާއްސަ ބްރާންޗެކެވެ. ގަމު ބްރާންޗަކީ މީގެ 40 އަށްވުރެ ގިނަ އަހަރު ކުރިން، 1983 ވަނަ އަހަރު މާލޭން ބޭރުގައި ގާއިމުކުރި ބޭންކުގެ ފުރަތަމަ ބްރާންޗެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސާވިސް ބޭންކިން ސެންޓަރު، 261 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ސފޯރުކޮށްދިނުމެވެ.
މޭޔަރު ކަމަށް އެމްޑީޕީން 2 އާޒިމް ގަދަހިފުމަކަށް
ޖަސްޓިން ހުށައެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި
ނިއުޔޯކްގެ މޭޔަރަކަށް ފުރަތަމަ ފަހަރަށް މުސްލިމަކު ހޮވައިފި
