ރާއްޖެއަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ 2028 ވަނަ އަހަރުގެ އޮންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ވާދަނުކޮށް އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
"އެމްޑީޕީ އަށާއި ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރައީސް އިބޫ ވެސް އަދި އަޅުގަނޑު ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ވާދަނުކުރަން. އަޅުގަނޑުމެން އެންމެން އެއް ކެންޑިޑޭޓެއް ފަހަތަށް އެރުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދާއި ސޯލިހު ވެސް ވަނީ ދެ ފަހަރެއްގެ މަތިން އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވައިފަ އެވެ. އެ ގޮތުން، ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބު ކާމިޔާބުކޮށް 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސްކަން ކުރެއްވީ ނަޝީދު އެވެ. އޭގެ 10 އަހަރު ފަހުން 2018 ގައި އޮތް އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ރައީސްކަން ކުރެއްވީ ސޯލިހު އެވެ.
ނަމަވެސް، ދެ ބޭފުޅުންނަށް ވެސް ވާދަކުރެއްވި ދެވަނަ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވެ އެވެ. 2013 ގައި ނަޝީދު ބަލިކޮށް ވެރިކަމަށް ވަޑައިގަތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ، ސޯލިހު ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންފަ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުން މިއަދުވެސް ކަޅު ހެދުމުގައި!
އައިއެމްސީޓީސީ އިން ރާއްޖޭގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފި
އަމީތާބުގެ ސަބަބުން މި އެކްޓަރުގެ ދިރިއުޅުން ބަރުބާދުވި ގޮތް!
