ސަރުކާރު ހިއްސާވާ ކުންފުނި ތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތް ހަދައިފި އެވެ.
އެފަދަ އިސްލާހެއް ޓޫރިޒަމް ގާނޫނަށް ގެނައުމަށް ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
އެ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވުމާ އެކު ވަނީ އަމަލުކުރަން ފަށާފަ އެވެ.
ޓޫރިޒަމް ގާނޫނު މީގެ ކުރިން އޮންނަ ގޮތުން، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔައް ދެވެނީ، އާންމުކޮށް އިއުލާންކޮށްގެންނާއި ހިންގުމަށް ބޭނުންވާ މަޝްރޫއޫއެއްގެ ތަފްސީލާ އެކު، އެ ތަނަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.ދަ
އުލަތުގެ އާންމު މަންފާއަކަށްޓަކައި މިފަދަ ތަންތަން ކުއްޔަށް ދެވެނީ، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލު ކުރެވޭ މީހަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ބަޔަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގަ އެވެ.
މި މާއްދާއަށް އަކުރެއް އިތުރުކޮށް ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކަނޑައެޅޭ ވަކި ޝަރުތުތަކާ އެކު ދޫކުރެވިދާނެ އެވެ. އެގޮތުން އެސްއޯއީއަކަށް މިގޮތަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކަމަށް އެ އިސްލާހުގައިވެ އެވެ.
އަދި އެފަދައިން ދޫކުރާނެ ރަށް، ބިން ނުވަތަ ފަޅު އަދި އެތަނެއް ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ވަޒީރުންގެ މަޖިލީހުން ފާސް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދޫކުރާ ތަނަށް ދަކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އޭގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި، މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއޫއަކަށް ހަރަދުކުރުމަށް ޝަރުތު ކުރެވިދާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު ޝަރުތުތަކާއެކު އިތުރު 6 މަސްދުވަހަށް އިތުރުކުރެވިދާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި ބަންދުކުރުމާ ހަމައަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިދީފައިވާ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ހިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފި ނަމަ، އެ ފަރާތެއް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އާ އުސޫލާއެކު ސްކޫލް ފިރިހެން ކުދިންނަށް ތުނބުޅި ބެހެއްޓޭނެ
ހެދުމުގެ ކުލައިން ވެސް މޫޑަށް އަސަރު ކުރާކަން އެނގޭތަ؟
މެންދުރުގެ ކެއުމަށްފަހު ނިދި އަންނަނީ ކީއްވެކަން އެނގޭތަ؟
