މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި ފިހިގެން ފަރުވާދެނިކޮށް މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފި އެވެ.
މި ހާދިސާގައި މަރުވި ސްޓެލްކޯގެ މުވައްޒަފަކީ, އެ ކުންފުނީގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަހުމަދު އަޒްމީލް, 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އަޒްމީލްގެ ހަށިގަނޑު އެ ކުންފުނީގެ ހަރަދުގައި ގެނައުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.
"ވަރަށް އަވަހަށް އަޒްމީލްގެ ހަށިގަނޑު މާލެ ގެނެވޭތޯ މިބަލަނީީ،" އޮފިޝަލް ވިދާޅުވި އެވެ.
އަޒްމީލް މަރުވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
ސްޓެލްކޯ އިން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ހާދިސާގެ މިނިވަން ތަހުގީގެއް ފުލުހުން ވެސް ފަށާފައިވާތީ، އެ ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރަޝިއާގެ މުދަލާއި ފައިސާ ހިފަހައްޓަން އީޔޫ އިން ނިންމައިފި
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް ވަޑައިގެންފި
އިސްތަށިގަނޑުގައި ޖައްސާނެ ކުލައެއް އިޚްތިޔާރު ކުރާނީ ކިހިނެއް؟
