ކުށްކުރާ މާހައުލުތަކުން މި ފަހަކަށް އައިން ގިނައިން ފެންނަނީ އެންމެ ފަހުން އޯލެވެލް ހެދި، ޅައުމުރުގެ ކުޑަކުދިން ކަމަށާއި ބެލެނިވެރިން އެކަމަށް ސަމާލުވުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ކުށުގެ މާހަލުތަކުން ކުޑަކުދިން ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހގަަކުރެވޭ ކަމަށެވެ.
ނަވީން ވިދާޅުވީ އެފަދަ މާހައުލުތަކުން ކުރިން ފެންނަ މޫނުތައް މަދުވެފައިވާކަމަށާ މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށާއި ގިނައީ ކުޑަކުދިން ކަމަށެވެ. އެހެން ކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮޮތުގައި ޕޮލިސް ކޮމިޝަނަރު ވަނީ ފާހަގަކުރެއްވި އެވެ.
"އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ތިބޭ ކުރިން އަދި 17 އަހަރުގެ ކުދިން މިހާރު އެތަންތަނުން އެފެންނަނީ. ހޮސްޓް ސްޕްޓްސްއޭ މިކިޔާ ތަންތަނުންވެސް މި ފެންނަނީ 17 އަހަރުގެ ކުދިން،" ޕޮލިސް ކޮމިޝަނަރު ނަވީން ވިދާޅުވި އެވެ.
މިކަމުގެ ކަނބޮޑުވުން ފާހަގަކުރައްވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެފަދަ ތަންތަނުން ކުޑަކުދިން ފެނުމުން، ކުށުގެ ރެކޯޑް ނެތުމުން މިހާރު ނަސޭހަތްދީ ފޮނުވާލަނީ ކަމަށެވެ. އެހެންކަމުން މިކަމުގައި މައިން ބަފައިންނާއި އެފަދަކުދިންގެ ބެލެނިވެރިން ސަމާލުވެ، ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ ގާތުން އެކުދިންގެ ކަންކަން ބެލުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ކުށްކުރާ ކުޑަކުދިން ނުވަތަ ކުށްތަކަށް ހުށަހެޅިފައިވާ ކުދިން އެކަމުން ސަލާމަތްކޮށް އިސްލާހު ކުރުމަށާއި، ކުޑަކުދިން ކުށަށް އަރައިގަތުން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ދައުލަތުން ހިންގާ އެކި ޕްރޮގްރާމްތަކުގައި 160 އަށް ވުރެ ގިނަ ކުދިން މިހާރު ވެސް ދަނީ ބަލަހައްޓަމުންނެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީން ވަނީ ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓް ކުރުމަށް ހަދާ ހޯޕް އައިލެންޑް މަޝްރޫގެ ކުރިއަށް ގެންދިއުމަށް ކްރޮސް ސަބްސިޓީގެ އުސޫލުން އެމަސައްކަތަށް އިންވެސްޓްކުރާނެ ފަރާތެއް ހޯދިފައިވާ ކަމަށް ވިދާޅުވެފައި އެވެ. އަދި އެއާއެކު ހޯޕް އައިލެންޑްއެގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބާޖަކުން ގެއްލުނު މީހަކު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިއްޖެ
މި ބާވަތްތައް އައިސް އަލަމާރިއަށް ލައިގެން ނުވާނެ!
އެމާގެ މި ހެދުން ހާއްސަވާ ސަބަބު ވަރަށް ތަފާތު!