ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ދާއިރާތަކަށް ޕްރައިމަރީ ނުބާއްވައި ޓިކެޓް ބަހާލަން ވެރިކަންކުރާ ޕީއެންސީން ތައްޔާރުވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލީ ދާއިރާތަކުގައި ވެސް ޕްރައިމަރީ ނުބާއްވައި ޓިކެޓް ހަވާލުކުރަން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ބައެއް ރަށްރަށާއި ދާއިރާތަކަށް ކުރިމަތިލާފައިވާ މީހުންނަށް މަޖުބޫރުކޮށްގެން ބައެއް މަޖިލިސް މެންބަރުން ވަނީ އަނބުރާ ނަން ނަގުވާފަ އެވެ.
ޕްރައިމަރީ ނުބާއްވައި ގިނަ ދާއިރާތަކެއްގެ ޓިކެޓް ހަވާލުކުރަން ނިންމާފައިވާއިރު، މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޕްރައިމަރީ މި މަހުގެ 27 ވަނަ ދުވަހު އެ ޕާޓީން ބާއްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ޕްރައިމަރީގައި މާލޭގައި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ވޯޓެއް ނުލެވެ އެވެ.
އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ ޕާޓީން ވަނީ ޕްރައިމަރީގެ ކަންކަން ރޭވިފައިވާ ގޮތުގެ ޓައިމްލައިނެއް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް ޝަކުވާ ހުށަހަޅަން ވެސް އެމްޑީޕީން ފުރުސަތު ހުޅުވާލަ އެވެ. ނަމަވެސް މިފަދަ އެއްވެސް ކަމެއް ވެރިކަންކުރާ ޕީއެންސީން ނުކުރެ އެވެ.
މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް އެ ޕާޓީން ވަނީ ބައެއް ބޭފުޅުންނަށް ޓިކެޓް ދިނުމަށްފަހު އަތުލާފަ އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ކެންޑިޑޭޓްގެ ބަދަލުގައި އަމިއްލަގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާފަ އެވެ.
މި ޗުއްޓީގައި ދާނެ ތަނެއް ނިންމައިފިންތަ؟
"ހާޓް އޮފް މޯލްޑިވްސް" މާފުށީ ޓޫރިޒަމް ބްރޭންޑް ލޯންޗުކޮށްފި
ނައުފަލްގެ ވީޑިއޯތައް ފެނުމުން ހެވޭނެ!
