ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު ބައްދަލުކުރައްވައި އެކަމުގައި މަސައްކަތް ކުރައްވަން ފައްޓަވާނެކަން ހާމަކުރައްވައިފި އެވެ.
މިކަން ހާމަކުރެއްވީ ތ. ހިރިލަންދު އާއި ދ. ކުޑަހުވަދުއަށް ރައީސް ސޯލިހު ވަޑައިގެން އެ ދެ ރަށުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުންތަކުގައި ސޯލިހު ވަނީ ކުރިއަށްއޮތް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ސޯލިހު ވަނީ އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނަޝީދާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ދެ ބޭފުޅުން ގުޅިގެން މަސައްކަތްކުރެއްވުމަށް މިހާރުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް ސޯލިހު ވިދާޅުވިއެވެ.
ސޯލިހާއި ނަޝީދުގެ ގުޅުން ގޯސްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އުފެދުނު ހިޔާލުތަފާތުވުމެއްގަ އެވެ. އެފަހަރު ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ. އަދި ފަހުން ވަނީ އެ ޕާޓީން ވަކިވެ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ޕްރިމިއާ ލީގުގެ 4 ކުޅުންތެރިއަކަށް ނަސްލީ ތަފާތުކުރި މައްސަލައެއް
ގާސިމްގެ ގާތިލްގެ ފަރާތުން އާއިލާއަށް ގުޅުން މަނާކޮށްފި
ލަވަކިޔުން ހުއްޓާނުލަން އަރިޖީތުގެ ކިބައިން އާމިރު އެދެފި
