ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ތިން އަހަރުގެ ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އަހްމަދު ތާރިގެވެ.
މި ޕާޓްނާޝިޕްގެ ދަށުން ބީއެމްއެލްއަކީ ގައުމީ ފިރިހެން، އަންހެން، އަދި ޔޫތު ޓީމްތަކުގެ އެކްސްކްލޫސިވް ސްޕޮންސާ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެފްއޭއެމްއާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ރަސްމީ ސްޕޮންސަރަކަށް ގައުމީ ބެންކު ހަމަޖެހިގެން ދިޔުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
" ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. ގައުމީ ފުޓްބޯޅަ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި، އަންނަން އޮތް ޖީލުތަކާ ހަމައަށް ފުޓްބޯޅައިން އުއްމީދީ ތަސައްވުރެއް ގެނެސްދިނުން." ޝަރީފް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް އަޙްމަދު ތާރިގު ވިދާޅުވީ އެ އެ އިދާރާއާއެކު ޕާޓްނާޝިޕެއް ގާއިމުކުރަން ނިންމުމަކީ، އެފްއޭއެމްއަށާއި ދިވެހި ފުޓްބޯޅަ އާލާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭންކުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"މި ޕާޓްނާޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް އެހީތެރިކަން ލިބުމުގެ އިތުރުން، މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ." އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއަކީ ފުޓްބޯޅައަށް އަބަދުވެސް އެހީތެރިވެދީ ގިނަ އަހަރުތަކެއްގައި ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްދީފައިވާ ބެންކެކެވެ.
އާ ޓާމިނަލް އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި
ހިޔާ ޓަވަރެއްގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި
ވޯލްޑް ކަޕް 2026ގެ ލޯގޯ އިން ރަމްޒުކޮށްދެނީ ކޮން ކަމެއް!؟
