ހއ. ހޯރަފުށީ އެއާޕޯޓުގައި ހުންނަ ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮފީސް ފަޅާލައި އެ ތަނުން މިއަދު ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ ހޯރަފުށީގެ މޯލްޑިވިއަން އެއާލައިންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ރޭގެ ފަތިހު 4:00 ހާއިރު، ލިބިފައިވާ ކަމަށެވެ.
ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން މިހާތަނަށް އެނގިފައިވާ ގޮތުން އެ އޮފީހުން ވަގަށް ނަގާފައި ވަނީ ކާގޯ ދެ ފޮށިގަނޑެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮފައިނުވެ އެވެ. ނަމަވެސް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ރަށުގެ އެއާޕޯޓުގައި ހުންނަ މޯލްޑިވިއަން އެއާލައިންގެ އޮފީސް ފަޅާލައި ވައްކަން ކުރި މީހާ ހުރީ މޫނު ނިވާކޮށްގެންނެވެ.
"މާވެލް"އާއެކު ޝާހްރުކް ޚާން ހޮލީވުޑުން ފެނިދާނެތަ؟
ވިލިމާލޭގެ ހޮސްޕިޓަލް މަސައްކަތް ފަށަން ސޮއިކޮށްފި
ބީއެމްއެލް އިން ބޭންކިން ޕްރޮފެޝަން ތަރައްގީކުރަނީ