ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހުސައިން ސަނީ އުމަރު ދިރިއުޅު އަނދުންގެއަށް އޭނާ ގޮވައިގެން ގޮސް ފުލުހުން ގެ ބަލައިފާސްކުރަމުން އެބަދެ އެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ތިބި ކުދިންތަކަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުން އޭނާ އެގެއަށް ގޮވައިގެން ދިޔައީ އާއިލާއަށް އެންގުމެއް ނެތި، ކޯޓު އަމުރެއްވެސް ނެތި ކަމަށް އެގެއަށް ނިސްބަތްވާ މީހަކާއި ހަވާލާދީ 'ރާއްޖެޓީވީން' ރިޕޯޓުކޮށްފައި ވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ގައުމު ދޫކޮށް ދިޔަ އެވެ. އޭގެ ފަހުން އަނބުރާ ރާއްޖެ އައުމުން ފުލުހުން ފުރަތަމަ ސަނީ ހައްޔަރުކުރީ އެއާޕޯޓުންނެވެ.
އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ. އަދި އެ ރޭ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް ފުރަން މަތިންދާބޯޓަކަށް އަރައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް އަނެއްކާ ވެސް ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ތިންވަނަ ފަހަރަށް ހައްޔަރުކުރީ 2 ޑިސެމްބަރުގަ އެވެ
އެނގިފައިވާ ގޮތުގައި ސަނީ އުމަރު ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި އެވެ. އާއިލާގެ ފަރާތުން މައްސަލަ ހުށަނާޅައި ގިނަ ދުވަސްތަކެއް ފަހުން ސޯޝަލް މީޑިއާގައި އެކަން ފެންމަތިވުމުން ފަހުން ވަނީ ޕޮލިހަށް މައްސަލަ ހުށަހަޅައިފަ އެވެ.
ލޭ މައްޗަށް ދިއުމަކީ "އަސްލު" މައްސަލައެއް ނޫން، އެއީ އިންޒާރެއް!