އީރާނުގައި ކުރަމުންދާ މުޒާހަރާގައި ހަމަނުޖެހުންތައް ބޮޑުވެ، މުޅި ގައުމުން އިންޓަނެޓު ކަނޑާލައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އީރާނުގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސް ފައިސާގެ އަގުވެއްޓުމާއި ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު ފެށި މުޒާހަރާތައް ގޯސްވެ، އެ ގައުމުގެ މަސްރަހުވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ ގޮތުން މުޒާހަރާތައް ހުއްޓުމެއްނެތި 12 ދުވަސް ވެފައިވާއިރު، އީރާނުގެ 31 ޕްރޮވިންސްގެ 100 އަށް ވުރެ ގިނަ ސިޓީގައި މުޒާހަރާތައް ދަނީ ކުރަމުންނެވެ.
އިންޓަނެޓް ވޮޗްޑޯގް ނެޓްބްލޮކްސް އިން ވަނީ އީރާނުގެ އިންޓަނެޓް ކަނޑާލާފައިވާކަމަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ގުރޫޕްތަކުން ރިޕޯޓުކުރާ ގޮތުގައި މުޒާހަރާތަކުގައި މިހާތަނަށް 5 ކުޑަކުދިން ހިމެނޭހެން 34 މީހަކު މަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން އަމަން ބަލަހައްޓާ ސިފައިންގެ ތެރެއިން 8 މީހަކު މަރުވެފައިވާއިރު، 2،270 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ހަމަނުޖެހުންތައް ބޮޑުވެ، ބައެއް އިމާރާތްތަކުގައި ރޯކުރަމުން ދާކަމަށް ބުނާ ވީޑިއޯތައް ދައުރު ކުރި ނަމަވެސް، އީރާނުގެ ގައުމީ ޓީވީން ބުނަނީ އީރާނުގެ މަސްރަހު އަމާން ކަމަށެވެ. އެތަނުގެ ޓީވީތަކުން ދައްކަނީ ހަމަހިމޭންވެފައިވާ މަގުތަކެވެ. އަދި މުޒާހަރާތަކުގައި މިހާތަނަށް މަރުވެފައިވަނީ 21 މީހުން ކަމަށް އެ ގައުމުން ރިޕޯޓުކުރެ އެވެ.
މުޒާހަރާ ހުއްޓުވަން މީހުން މަރާ ނަމަ އެމެރިކާއިން ހަމަލާދޭން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާންގެ ސަރުކާރަށް މީގެ ކުރިން އިންޒާރު ދެއްވައިފަ އެވެ.
ރިވިއު: "ޕަރީ"އަކީ ދިވެހި ފިލްމުތަކަށް މުޅިން ތަފާތު ރަހައެއް!
ވައި ނުސާފުވެ ރާއްޖޭގެ ވައިގެ ދަތުރުތަކަށް ވެސް ބުރޫ އަރައިފި
ޓިކްޓޮކުން ވިދާލި އަލީ އަމްޖަދު ނިޔާވެއްޖެ