މިއަދު ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކި ކުރި، އަހުމަދު ސަމާހު ރަޝީދު ވަކި ކުރީ "އޮބި ނޯންނަވަރަށް ވައްކަން ކުރާކަން އެނގިގެން" ކަމަށް ހޯމް ލޭންޑް ސެކިއުޓީގެ ޑެޕިއުޓީ މިނިސްޓަރު އަދި ސަމާހުގެ ކުރީގެ އަނބިކަނބަލުން އަމާނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަމާނީ މިހެން ވިދާޅުވީ ސަމާހު ވަކި ކުރި ހަބަރު ލިޔެފައިވާ ވެބްސައިޓެއްގެ ފޭސްބުކް ޕޯސްޓަކަށް ކޮމެންޓް ކުރައްވަމުންނެވެ.
އަމާނީ ކޮމެންޓްކުރެއްވި ހަބަރުގައި ރައީސް މުއިއްޒު، ސަމާހު އަދި ސަމާހު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ ފޮޓޯއެއް ޖަހާފައި ވެ އެވެ.
" އައްޗީޑި. އޮބި ނޯންނަ ވަރަށް ވައްކަން ކުރާކަން އެނގުނީމަ ކަނޑާލީ. ސާފު ވެއްޖެބާ." އަމާނީ ލިޔެފައި ވެ އެވެ.
މިއަދުގެ ވަގުތެއްގައި ސަމާހު ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި ސަބަބު ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރިތާ މާ ގިނައިރު ނުވެ، ސަމާހު ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ލީކްކޮށްލާފަ އެވެ. އެ އޯޑިއޯގައި ސަމާހު ވައްކަން ކުރާވަރާއި ރާވާ ރޭވުންތަކުގެ ވާހަކަ ދައްކާ އަޑު އިވެ އެވެ.
ކުރިން މިފްކޯގެ ސީއީއޯގެ މަގާމުންވެސް ސަމާހު ވަކިކުރި ދުވަސްވަރު ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، ރައީސް މުއިއްޒުވަނީ އެކަން ތަހުގީގު ނުކޮށް އޭނާއަށް އަލުން ސްޓެލްކޯގެ އެމްޑީކަން ދެއްވާފަ އެވެ.
ގއ. އަތޮޅާއި މާލޭގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ހިންގަނީ
ވެދާންގްއާއި ހުޝީގެ ގުޅުން ނިމުމަކަށް!
ފުސްވެފައިވާ އުޑުމަތި މަޑުމަޑުން ސާފުވާން ފަށައިފި