ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ބަލި ދެނެގަތުމަށް ކުރާ ސްކްރީނިންއަށް ބާރުއެޅުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
ހުޅުމާލޭގައި ހިންގާ އެ ހޮސްޕިޓަލުން ބުނިގޮތުގައި އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކުރިއަށްގެންދާ މި ޕުރޮމޯޝަންގެ ދަށުން، އެ ހޮސްޕިޓަލުގެ "ސާވިކަލް ކެންސަރު ސްކްރީނިންގް ޕެކޭޖް" އިން 15 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ 19 ޖެނުއަރީ އިން ފެށިގެން 25 ގެ ނިޔަލަށެވެ. މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ސާވިކަލް ކެންސަރާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ކުޑަކޮށް، ވީހާވެސް ގިނަ އަންހެނުންނަށް ސްކްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
ބަލިން ރައްކާތެރިވުމަށް ކުރިއާލާ ސްކްރީން ކުރުން މުހިންމު
ސާވިކަލް ކެންސަރަކީ ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ނަމަވެސް، މިއީ ކުރިއާލާ ދެނެގަނެވިއްޖެ ނަމަ ފަރުވާކޮށްގެން ފަސޭހައިން ރައްކާތެރިވެވޭނެ ބައްޔެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، މި ކެމްޕޭނަކީ އަންހެނުންގެ ދިގު މުއްދަތުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ގަވާއިދުން ޗެކަޕް ހެދުމަށް ބައިނަލްއަގުވާމީ އަދި ގައުމީ ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
"މި ޕެކޭޖުގެ ދަށުން ރަހިމުގެ ދޮރުގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު ޓެސްޓުތައް ހެދޭނެ. މިއީ އެކި ސަބަބުތަކާ ހުރެ ސްކްރީނިން ހެދުން ލަސްވެފައިވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެއް،" ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
ހާއްސަކޮށް ގަވާއިދުން ސްކްރީން ކުރަންޖެހޭ އުމުރުގެ އަންހެނުންނާއި، މި ބައްޔާ ގުޅޭ އެއްވެސް ކަންބޮޑުވުމެއް ހުރި ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެކި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް މިހާރު އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މަޢުލޫމާތު 3351610އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.
މި ސިފަތައް ފެންނަނަމަ އެއީ ހަގީގީ ރަހުމަތްތެރިންނެއް ނޫން!
ބީއެމްއެލް އިން ބޭންކިން ޕްރޮފެޝަން ތަރައްގީކުރަނީ
ހަގު އުމުރުގައި ފޯނު ދޭނަމަ ނަފްސާނީ ބަލިތަކަށް މަގުފަހިވޭ!