އެންމެ ނުރައްކާތެރި ކެންސަރުގެ އެއް ބާވަތް ކަމަށްވާ ޗިސްމޭގެ ކެންސަރަށް ކާމިޔާބު ކަމާއެކު ފަރުވާއެއް ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މީދާތަކެއް ބޭނުންކޮށްގެން ސްޕެއިންގެ ސައިންސްވެރިން ކުރި ދިރާސާއިން އެނގުނު ގޮތުގައި ޗިސްމޭގެ ކެންސަރަށް ހޯދާފައިވާ އާ ފަރުވާއިން އެ ގުނަވަނުގައި އުފެދިފައި ހުންނަ ޓިއުމަރުތައް ނައްތާލަ އެވެ.
އެގޮތުން އެފަދަ ޓިއުމަރުތައް ނައްތާލުމަށްފަހު ދެވަނަ ފަހަރަށް އުފެދުން (ރީލޭޕްސް)ގެ ފުރުސަތު ވެސް އެ ފަރުވާގައި ވަރަށް ކުޑަ ކަމަށް އެ ޓީމުން ބުނެ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މި ފަރުވާއަކީ މީގެ ކުރިން އެ ބައްޔަށް ހޯދިފައިވާ ފަރުވާތަކާ ޚިލާފަށް ޗިސްމޭގައި އުފެދޭ ޓިއުމަރުތައް ނައްތާލަން ތިން ޑްރަގްއެއް ބޭނުންކުރާ ފަރުވާ އެކެވެ.
މި ދިރާސާގެ ހޯދުންތައް މިހާރު އާއްމުކޮށް ޝާއިއު ކުރެވިފައިވާއިރު އެ ފަރުވާގެ ހިއުމަން ޓްރައަލްސް ފަށަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.
ޗިސްމޭގެ ކެންސަރަކީ ކެންސަރުގެ އެންމެ ނުރައްކާތެރި އެއް ބާވަތަށްވާއިރު ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު އެ ބަލީގައި ދުނިޔެ ދޫކުރެ އެވެ.
އީފާހުން ތާއީދު ފޯމު ފުރަންޖެހޭ މައްސަލައިގައި ގޮތެއް ނުނިންމުނު
ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުން އިނާޒު އިސްތިއުފާދެއްވައިފި
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު