ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅުންހުރި، ކުރިން ފޮރުވާފައިވާ ނުވަތަ ފޮހެލާފައިވާ ކަމަށް ބެލެވޭ އައު ފައިލްތަކެއް ފެންމަތިވެ، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.
މި ފައިލްތަކުން ހާމަވާ ގޮތުގައި، ކުޑަކުދިން ޓްރެފިކް ކުރުމުގެ ބޮޑު ނެޓްވޯކެއް ފޮރުވުމަށް ހިލަރީ ކްލިންޓަން ވަނީ ނުފޫޒު ފޯރުއްވާފަ އެވެ.
މި މައުލޫމާތުތަކާއެކު، މީގެ ކުރިން ދެކެވުނު "ޕިއްޒާ ގޭޓް"ގެ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ފައިލްތަކުގައިވާ ގޮތުން، ކުޑަކުދިން ޓްރެފިކް ކުރުމުގެ މައްސަލަތައް ތަހުގީގު ކުރަމުންދިޔަ އޮފިސަރުންގެ މަސައްކަތަށް ހިލަރީ ކްލިންޓަން ވަނީ ހުރަސް އަޅުއްވާފަ އެވެ.
މިފަދަ ނުރައްކާތެރި އަދި ބޮޑު މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް، ހުޅަނގުގެ މީޑިއާތަކުން މި ޚަބަރު ފެތުރުމުގައި ހިމޭނުން ތިބި ކަން ފާހަގަކުރެވެ އެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ތުހުމަތު ކުރަނީ، ހިލަރީ ކްލިންޓަނާ ދެކޮޅަށް ހުރި ހެކިތައް ނައްތާލުމަށް ނުވަތަ ފޮރުވުމަށް މީޑިއާތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލައަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އަދި ހައްސާސީ އެއް މައްސަލަ ކަމަށް ބެލެވެ އެވެ. ކުޑަކުދިން ޓްރެފިކް ކުރުމުގެ މައްސަލަތައް ތަހުގީގު ކުރާ ފަރާތްތަކަށް އަމާޒުކޮށް ހިންގާފައިވާ މިފަދަ އަމަލުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި މިކަމުގެ ބަހުސް ވަނީ ގަދަވެފަ އެވެ.
ރަމަޟާން މަސް ނިމެންދެން ކުނި ނަގާ ގަޑިތަކަށް ބަދަލުތަކެއް
އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކަކީ އުންމީދީ ފެށުމެއް: އައްބާސް
ރަޝިޔާގެ ސަސްޕެންޝަން އުވާލަން އިންފަންޓީނޯ ތާއީދު ކުރައްވައިފި