ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން 31 އަހަރަށްފަހު ރިޓަޔާ ކުރައްވައިފި އެވެ.
ނަވީން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އެ ހިދުމަތަށް ވަތް ގޮތަށް ފުލުހުންގެ ބެޖަށް ކުރާ އިހުތިރާމާއި މުއައްސަސާއަށް ކުރާ އިތުބާރާއި ގައުމަށް އޮތް ލޯބި އަދިވެސް އެގޮތަށް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ހިދުމަތްކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
އެނގިފައިވާގޮތުގައި ނަވީން ރިޓަޔާކުރެއްވީ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ. އެއީ ކޮން ސަބަބަކާ ހުރެ އެމަނިކުފާނު އެންގެވި އެންގެވުމެއް ކަމެއް ސާފެއް ނުވެ އެވެ.
ނަވީން ރިޓަޔާ ކުރައްވަން ނިންމަވާ ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަގާމުން ރިޓަޔާ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑު ރިޓަޔާ ކުރަން އެދި ހުށަހެޅުމަށް ނިންމައިފިން. ދުވަސްތަކެއް ވަންދެން އަޅުގަނޑު ބޮލު ތެރޭގައި މި ވިސްނުން ގެންގުޅުމަށްފަހު މިއަދު މިކަން ކުރަން މި ނިންމީ ވަރަށް ގިނަ ކަންކަމަށް ވިސްނާ ފިކުރުކުރުމަށްފަހު،" އިނގިރޭސި ބަހުން ލިޔުއްވައި ނަވީން ފޮނުއްވި މެސެޖުގައިވެ އެވެ.
ނަވީން ވިދާޅުވީ މިއީ އޭނާގެ ހިދުމަތުގެ ދައުރު ނިންމައިލުމަށް އެންމެ މުނާސަބު ވަގުތު ކަމަށެވެ.
ހޭންޑީ ބިއްލޫރި ފެންފުޅި ބޭނުން ކުރުން މަނާކޮށްފި
ރާއްޖޭގެ އެންމެ ގިނަ ކުދި ވިޔަފާރިތައް ފުނޑާލީ މި ސަރުކާރުން
ސައުދީއަށް ހަނދު ފެނިއްޖެ
