ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބާއްވަން ފެނޭތޯ ބަލަން ނަގަން އުޅޭ ވޯޓާ ދެކޮޅު ހަދައި މުޒާހަރާ ކުރަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
ބޮޑު ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ވޯޓުގައި ނޫނެކޭ ބުނެ ވޯޓު ކަރުދާހުގައި އެމްޑީޕީގެ މެންބަރުން ފާހަގަޖަހަން ނިންމަން މިރޭ ބޭއްވި ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލެވެ.
އެ ވޯޓަށް ނޫނެކޭ ބުނުުމުގެ ގޮތުން ސިލްސިލާ މުޒާހަރާތަކެއް ކުރަން ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އެވެ. އަދި އެކަމަށް ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް އަހްމަދު ސަލީމެވެ.
އެ ދެ ހުށަހެޅުން ވެސް ފާސްވީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ބޮޑު ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ގަރާރެއް ނެރުއްވާފައިވާތީ، ކައުންސިލް އިންތިހާބާ އެއްކޮށް އެ ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ކުރުކުރަން ފެނޭތޯ ވެސް ވޯޓު ނަގާނެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ މިއީ ރިޔާސީ ދެވަނަ ދައުރެއް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ރައީސް މުއިއްޒު ކުރައްވަން އުޅުއްވާ ކަމެކެވެ.
ސުވާލާއި ޖަވާބު: ވަކި ވަގުތެއްގެ ކުރިން ކެއުން ހުއްޓާލަން ޖެހޭތަ؟
ޒާޔާގެ ކެމްޕޭނަށް އެޗްޑީސީން ހުރަސްއަޅަނީ
