އިޒްރޭލުގެ ދާޚިލީ ޖާސޫސީ އިދާރާގެ ވެރިޔާ ރޮނެން ބާރް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު އުފެދުނު ބޮޑު ހިޔާލުތަފާތުވުންތަކަކަށްފަހު މަގާމުން އިސްތިއުފާ ދީފި އެވެ. ރޮނެން ބާރް ވަނީ ނަތަންޔާހޫއަކީ ގައުމަށް ގައްދާރުވެފައިވާ ޚާއިނެއް ކަމަށް ސިފަކޮށްފަ އެވެ.
މަގާމުން ވަކިވަމުން ރޮނެން ބާރް ދެއްވި ބަޔާނުގައި ބުނީ އީރާނާއެކު ކުރަމުންދާ ހަނގުރާމައަކީ ބޭރުގެ ލޮބީ ގްރޫޕްތަކާއި ހަތިޔާރު ވިއްކާ ފަރާތްތަކުން ގުޅިގެން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިއީ މުޅި ދުނިޔޭގެ ކުރިމަތީގައި އިޒްރޭލުގެ ރައްޔިތުންގެ އަގުވައްޓާލައި ނަފްރަތު އުފައްދަން ހިންގާ އަމަލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ރޮނެން ބާރް އިތުރަށް ބުނީ މި ހަނގުރާމަ އަކީ ހަނގުރާމައިގެ ތެރެއިން ލިބޭ މަންފާގެ ބައި އެޅުމަށްޓަކައި ނަތަންޔާހޫ އަމިއްލައަށް އުފައްދައިގެން އުޅޭ ކަމެއް ކަމަށެވެ.
"ކަންތައްތައް ދަނީ ރަނގަޅަކަށް ނޫން. ކަންތައް ދަނީ ގޯހުންގޯހަށް. ރައްޔިތުން ދަނީ ގައުމު ދޫކޮށް ފިލަމުން. ގައުމަށް އޮތް ލޯތްބާއި ގައުމީ ރޫހަށް ވަނީ ނެތި ގޮސްފަ،" އޭނާ ބުންޏެވެ.
އިޒްރޭލުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ފާހަގަކުރި ގޮތުގައި، މިހާރު ސިފައިންގެ ތެރެއަށް ވަދެ ހަނގުރާމަ ކުރަން ބޭނުންވާ އެކަކުވެސް ނެތެވެ. އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ތަންތަން ސާފުކުރުމަށް ވޮލަންޓިއަރެއްގެ ގޮތުގައި ނުކުންނާނެ މީހަކުވެސް މިހާރު ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.
ބަޔާން ނިންމަވާލަ ރޮނެންމުން ބާރް ބުނީ އީރާނުގެ ދެކޮޅުވެރިކަމުގެ ސަބަބުން އިޒްރޭލުގެ ހުރިހާ ހިސާބުޖެހުންތަކެއް މިހާރު ވަނީ ފުނޑުފުނޑުވެފައި ކަމަށެވެ.
އޭނާ ވަނީ ނަތަންޔާހޫއަކީ ހަމައެކަނި ގައުމަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އޭނާއަކީ މުޅި އިންސާނިއްޔަތަށްވެސް ނުރައްކާތެރި ޚާއިނެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އިސްލާމް ދީން ގަބޫލު ކުރާނަންތޯ އެހުމުން ގައުރީ ބުނީ ކީކޭ؟
އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް މޮޖްތަބާ ޚާމަނާއީ