އައްޑޫ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދު ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އޮސްޓްރޭލިއާގެ މީހެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ސަރަހައްދުން ފެނުނު ހަށިގަނޑަކީ އުމުރުން 60 އަހަރުގެ ޑެނިއަލް ޑީ ޖިއޮވީން ކިޔާ މީހެއްގެ ހަށިގަނޑު ކަމަށެވެ.
އޭނާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 4:41 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އޭނާގެ ހަށިގަނޑު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ
"ބްރޭކިން ބޭންޑް"ގެ ތަރި ގިއަންކާލޯ އިސްލާމް ވެއްޖެ
