ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ޚިޔާލު ހޯދުމުގެ ވޯޓު ވެރިކަންކުރާ ޕީއެންސީއަށް ނާކާމިޔާބުވީ، ޕާޓީގެ ކެމްޕެއިން ޓީމުތަކުގެ ސަބަބުން ކަމަށް ދެހަވާފަދަ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.
ކައުންސިލު އިންތިހާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުލި އެއް ސަބަބަކީ ޕީއެންސީގެ ކެމްޕެއިން ޓީމުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތުމުން ކަމަށެވެ.
"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް، އަޅުގަނޑުމެންނަކަށް ނެތް ރައްޔިތުންނަށް ކިޔައިދެވިފަކައެއް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ [ޕީއެންސީގެ] މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް ދާނީ ރައްޔިތުން ނިންމި ގޮތަށެވެ. އެހެންކަމުން ގާނޫނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭންގައި ރައްޔިތުންނާ ހަމައަށް ދިޔައީ އިދިކޮޅު ފަރާތްތަކުން ދެއްކި "ދޮގު ވާހަކަތައް" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރި، އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރީމާ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމައަށް ދިޔައީ، އެހެންވީމާ ކޮންފިއުޝަނެއްގައި ދިޔައީ މިކަން، އަޅުގަނޑުމެންނަކަށް ނެތް ކިޔައިދެވިފަ،" ރައީސް ވިދާޅުވިއެވެ.
ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރަނީ
ޕީއެންސީއަށް 3 ގޮނޑި، 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓް
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަލުން ބޮން އަޅާނަން: ޓްރަމްޕް
