ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ މީހަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީ އެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން ކާމިޔާބު ކޮށްފި އެވެ،
މިއަދު ބޭއްވި ވޯޓުގައި ވާދަކުރީ ސިނާން އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހުމަދު ސައީދު އެވެ.
ސިނާން މެންބަރުކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ސާބިތު ދަރަންޏެއް އޮވެ ހުކުމާއެއްގޮތަށް އެ ދަރަނި ނުދައްކާކަން ސާބިތުވުމުންނެވެ.
އެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟