ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯއަކަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރަކަށް ހުންނެވި އާމިނަތު ޝިރުނާ މިއަދު އައްޔަންކޮށްފި އެވެ.
އެ މަގާމަށް ޝިރުނާ އައްޔަން ކުރެއްވީ އެ މަގާމުގައި އެންމެފަހުން ހުންނެވި ހީނާ ވަލީދު މިނިސްޓަރަކަށް މިދިޔަ މަހު އައްޔަން ކުރެއްވުމުންނެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވިއިރު، އޭނާ ވަނީ ދަމަނަވެއްޓާއި ބްލަޑް ސާވިސްގެ ކަންކަން ބެލެއްޓެވުމުގެ އެންމެ އިސް ވެރިޔާގެ ދައުރު އަދާކުރައްވާފަ އެވެ. އަދި ހެލްތު މިނިސްޓްރީން އެޗްޕީއޭގެ ކަންކަން ބަަލަހައްޓަވާ އެންމެ އިސް ފަރާތުގެ ގޮތުގައި މިހާތަނަށް ހުންނެވީ ވެސް ޝިރުނާއެވެ.
ޝިރުނާ އަކީ ނަރުހެއްގެ ގޮތުގައު 23 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
