އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން އަލަށް ކަނޑައެޅި 26 ބާވަތުގެ މޭވާ އާއި ތަރުކާރީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ހެޔޮއަގުގައި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިޔަސް، އެތަކެތި ނުލިބޭ ކަމަށް ރައްޔިތުން ބުނަން ފަށައިފި އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން އަލަށް ކަނޑައެޅި ތަކެތި ރައްޔިތުންނަށް ލިބޭގޮތް ފަހިވުމަކީ ރައްޔިތުންނަށްޓަކައި ސަރުކާރުންކޮށްދިން ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ މޭވާގެ ބާވަތްތައް:
ދޮންކެޔޮ
އާފަލ
އޮރެންޖު
ލުނބޯ
ޖުމްހޫރީމޭވާ
އަނބު
ފަޅޯ
ކަރާ
މިރުސް
މޭބިސްކަދުރު
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ތަރުކާރީގެ ބާވަތްތައް:
ރަތް ފިޔާ
އިނގުރު
ކެރެޓު
ބަށި
ކައްޓަލަ
ލޮނުމެދު
އަލުވި
ކެބެޖު
ބަރަބޯ
ބޯވެލި
އިތުރު ބާވަތްތައް:
ރީނދޫ މުގު
ކުކުޅު ބިސް
ކާށި
އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ މި 26 ބާވަތް މާލޭގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ އައުޓުލެޓުތަކުން ލިބެން ހުންނާނެކަމަށް ސަރުކާރުން ބުނިނަމަވެސް އެއީ ކަނޑައެޅިގެން ދޮގެކެވެވެ.
ބައެއް އަތޮޅުތަކުން "ހުރިހާ"އާ ވާހަކަދެއްކި މީހުން ބުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާއެކު އެތަކެތި ލިބޭނެ ކަމަށް ވަރަށް އުންމީދުކުރެވުނު ކަމަށެވެ. ނަމަވެސް އަދިވެސް އެފަދަ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ގެންނަންޖެހެނީ މާލެއިން ކަމަށް އޭނާ ކިޔައިދިނެވެ.
"މިރަށު އެސްޓީއޯގެ ފިހާރައަކުން ނުލިބޭ ތިޔަ ބާވަތްތަކެއް،" ރާއްޖޭގެ ރަށަކުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
"ހުރިހާ" އިން ބެލިބެލުމުން އެނގުނުގޮތުގައި އެ 26 ބާވަތް ލިބެނީ ހަމައެކަނި މާލޭގައި ހުންނަ އެސްޓީއޯގެ އައުޓްލެޓްތަކުންނެވެ. އަތޮޅުތެރެއަކުން ނުލިބެ އެވެ. ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ދިން އެ ޔަގީންކަމުގައި އެއްވެސް އިތުބާރެއް ނެތެވެ.
"މިީ ކައުންސިލް އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ރައީސް މުއިއްޒު ދެއްވި ޔަގީންކަމެއް. ކައުންސިލް އިންތިހާބުން ބަލިވީމަ ދެން ކީއްކުރަންތާ މި ތަކެތި ރަށްރަށުން ލިބޭނެގޮތް ހަދަންވީ،" ފުވައްމުލަކުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެތަކެތި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެގޮތް ހަމަޖެއްސީ ފުޑް ސެކިޔުރިޓީ ގާއިމްކުރުމުގެގޮތުން ކަމަށެވެ. ނަމަވެސް އެތަކެތި ނުލިބެއެވެ. އެހެންކަމުން ރާއްޖެއަކީ ފުޑް ސެކިޔުރިޓީ ނުވަތަ ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަން ނެތް ގައުމެއްތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
އާރްޓީއައި ގާނޫނު ދަނީ އެބިއުސްކުރަމުން: އުޝާމް
އެމެރިކާއިން މަސައްކަތް ކުރަނީ އީރާނަށް މަޖުބޫރުކޮށް އަމާންދޭން
އެމެރިކާގައި މޭވާ ރަހަތަކުގެ ވޭޕް ވިއްކުމުގެ ހުއްދަ ދީފި
